ރޯދަމަހު ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް
އަންނަ ބުދަ ދުވަހު ފެށޭ ރޯދަ މަހު، ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިތައް މިއަދު އާންމުކޮށްފި އެވެ.ރައީސް އޮފީހުން ބުނީ މި އަހަރުގެ ރޯދަމަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ. އެއީ 2022 ވަނަ އަހަރުން ފެށިގެން ރޯދަމަހުގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ސަރުކާރުން ކަނޑަޅާފައިވާ ވަގުތެވެ. މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށެނީ އަންނަ ބުދަ ދުވަހު އެވެ.ރޯދަމަހުގެ ފުރަތަމަ ދުވަސް ކަނޑައެޅުމަށް އަންނަ އަންގާރަ ދުވަހުގެ ރޭ ހަނދު ސާބިތުކުރުން އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ