ހިޔާލު ހޯދާ ވޯޓާއި ކައުންސިލް އިންތިހާބަށް ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހެނދު ނެރުނު އިއުލާނެއްގައި ވާ ގޮތުން އެ މުއްދަތު ހަމަވާނީ ފެބްރުއަރީ 22، ގެ މެންދުރުފަހު 03:00 ގަ އެވެ.އެ މުއްދަތުގައި އަލުން ރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހެނީ މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާތަން ބަދަލުކުރުމަށް ބޭނުންވާ މީހުން އެކަނި ކަމަށް އީސީން ބުނެ އެވެ.ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިން ކޮށެވެ.ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ ނިންމަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ