ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭގެ) ސީއައިޕީ ލައުންޖުން ދޭ ހިދުމަތްތަކުގެ އަގު އަންނަ އަހަރުން ފެށިގެން ބޮޑުކުރަން އެމްއޭސީއެލްއިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ސީއައިޕީ ލައުންޖުން ދޭ ހިދުމަތްތަކުން މިހާރު ނަގަމުން އަންނަނީ ޖެނުއަރީ 2023ގައި ކަނޑައެޅި އަގުތަކެވެ. އެއީ ދެ އަހަރުން މަތީގެ ކޮންމެ ފަސިންޖަރަކަށް، ތިން ގަޑިއިރަށް 219.07 ޑޮލަރެވެ.
ތަފްސީލު - އެ އަގު 1 ޖެނުއަރީ 2026އިން ފެށިގެން 275 ޑޮލަރަށް ބޮޑުކުރަން ނިންމިކަން ބައެއް ރިސޯޓުތަކަށް އެމްއޭސީއެލްއިން ވަނީ މިހާރު އަންގާފަ އެވެ.
އޭގެ އިތުރުން ހޫނު މޫސުމާއި ފިނި މޫސުމުގެ ދުވަސްވަރަށް ދެ އަގު ޕެކޭޖު ހަދައި، އެކަން ވެސް ރިސޯޓުތަކަށް ވަނީ އަންގާފަ އެވެ.
އެ ޕެކޭޖުތަކަކީ:
އޭޕްރީލުން ސެޕްޓެމްބަރު 2026އަށް: 12 އަހަރުން މަތީގެ ފަސިންޖަރުންނަށް ބޮލަކަށް 275 ޑޮލަރު، 2-12 އަހަރާ ދެމެދުގެ ކުދިންނަށް 200 ޑޮލަރު
އޮކްޓޫބަރު 2026 - މާޗު 2027އަށް: 12 އަހަރުން މަތީގެ ފަސިންޖަރުންނަށް ބޮލަކަށް 400 ޑޮލަރު، 2-12 އަހަރާ ދެމެދުގެ ކުދިންނަށް 300 ޑޮލަރު
ލައުންޖުގެ ހިދުމަތްތައް އަގުބޮޑުކުރާތީ ފަތުރުވެރިންނަށް ހިދުމަތް ދޭ ކުންފުނިތަކާއި ރިސޯޓުތައް ތިބީ ހިތްހަމަނުޖެހިފަ އެވެ. ސަބަބަކީ ފަތުރުވެރިން އެންމެ ގިނައިން އަންނަ ދުވަސްވަރު (ފިނި މޫސުމުގެ ދުވަސްވަރު) ލައުންޖު ހިދުމަތްތައް އަގުބޮޑުކުރުމާއި، އެއާ އެކު ހިދުމަތްތަކަށް އެއްވެސް ބަދަލެއް ނުވަތަ ކުރިއެރުމެއް އައިސްފައި ނެތުމެވެ.
މިކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ ބަހެއް ނުލިބެ އެވެ.
ވީއައިއޭގެ ސީއައިޕީ ލައުންޖުތަކުގެ އަގުބޮޑުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ