ސުނާމީގެ ހަނދާނުގައި ހެދި ބިނާ ދަބަރަށްވެ، މައިޒާން ވީރާނާވެފައި

ސުނާމީގެ ހަނދާނުގައި ތަރައްގީކޮށްފައިވާ ސުނާމީ ބިނާ މައިޒާނުގެ އެކި ތަންތަން ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު މި ވަނީ ފުރިފައެވެ. އެ ކާރިސާގައި ދިވެހީން ދެއްކި އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުން ސުނާމީ ބިނާ އެންމެ ފުރަތަމަ ބެހެއްޓީ މާލޭ ލޮނުޒިޔާރާތްކޮޅުގައެވެ. ސިނަމާލެ ބްރިޖު އެޅުމުގެ ކުރިން އެއީ ހަވީރު ފިންޏަށް ގިނަ ބަޔަކު އެއްވެ އުޅުނު ހިތްގައިމު ސަރަހައްދެކެވެ. ނަމަވެސް ބްރިޖުގެ މަސައްކަތަށް އެ ބިނާ އެ ތަނުން ނެގުމަށްފަހު ދެން ބެހެއްޓީ، މިހާރު އެ ބިނާ ހުރި ސަރަހައްދު ކަމަށްވާ ވިލިމާލެ ފެރީ ޓާމިނަލް ކައިރިއެވެ. އެ ތަން ތަރައްގީކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ ތަނަށް ހަވީރު ފިންޏަށް ގިނަ ބަޔަކު އެއްވާއިރު، މިހާރު އެއީ ތިލަމާލެ ބްރިޖުގެ މަސައްކަތް ބަލައިލަން ވެސް ގިނަ ބަޔަކު އެއްވާ މައިޒާނެކެވެ. ކުޑަކުދިންނާއި، ޒުވާނުންނާ އުމުރުން ދޮށީ މީހުން ވެސް އެ ތަނަށް ވެސް ދެއެވެ. މާލޭ ސުނާމީ ބިނާ މައިޒާން ސަރަހައްދުގެ އެކި ތަންތަން ވަނީ މަރާމާތުކުރަން ޖެހިފައި. އެގޮތުން ތޮށިގަނޑާ ކައިރި ވޯކްވޭ ވެސް ވަނީ ހަލާކުވެފައި -- ސަން ފޮޓޯ ނަމަވެސް މައިޒާނުގެ ބައެއް ތަންތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެގޮތުން ތޮށިގަނޑާވީ ދިމާލުން މައިޒާނުގެ ވޯކްވޭތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ދަށުން ވެލިގަނޑު ގަނބައިގަނެ ވަނީ އަޑިއަށް ގޮސްފައެވެ. މީގެ އިތުރުން ސުނާމީ ބިނާގައި ހުރީ ދަބަރު ވެސް ޖަހައިފައެވެ. މި ކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމާ "ސަން"އިން ސުވާލުކުރުމުން މީގެ ކުރިން ވިދާޅުވީ އެ މައިޒާން މަރާމާތުކުރުމަކީ ވަރަށް ބޮޑު މަސައްކަތަކަށްވުމުން އެ ކަން ކޮށްދޭން އެދި ކޮންސްޓްރަކްޝަން މިނިސްޓްރީގައި އެދުނު ކަމަށެވެ. މާލޭ ސުނާމީ ބިނާ މައިޒާން ސަރަހައްދުގެ އެކި ތަންތަން ވަނީ މަރާމާތުކުރަން ޖެހިފައި. ސުނާމީ ބިނާގައި ވެސް ވަނީ ދަބަރު ޖަަހައިފައި -- ސަން ފޮޓޯ ނަމަވެސް މިހާރު އެ މައިޒާނުގެ އެކި ތަންތަން ހަލާކުވެފައި ހުންނަތާ އެތައް މަހެއްވަނީ ވެފައެވެ. މައިޒާންތައް ހެދުމަށްފަހު އެ ތަންތަނުގެ މެއިންޓެނެންސް މަސައްކަތް ނުކުރެވި އެ ތަންތަން ވީރާނާވާން ދޫވުމަކީ މާލޭގައި ވަރަށް އާންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ