2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ގެއްލިގެންދިޔަ ފުރާނަތަކުގެ ހަނދާން މި އެއްބައިވަންތަކަމުގެ ދުވަހު އާކުރައްވަނީ އިހުތިރާމާ އެކުގައި ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
ސްނާމީ ހިތާމައިގެ ވޭން އަދިވެސް ތަހައްމަލު ކުރަމުންދާ އާއިލާތައް ހަނދާމަ ކުރައްވާ އެ ފަރާތްތަކާއެކު ބައިވެރިވެ ވަޑައިގަންނަވާކަން ޝާހިދު ހާމަ ކުރެއްވިއެވެ. ދިވެހި ރައްޔިތުންގެ ތެރޭގައި އޮތް ކެނޑިގެން ނުދާ ބަދަހި ރޫޙުގެ ހަނދުމަ އާކުރައްވާ ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.
ކާރިސާއެއް ކުރިމަތިވުމުން، ދިވެހިންގެ ފުށުން އަބަދުވެސް ފެންނަމުންދާ ކަންކަން ކުރިތަން އެ ހާދިސާގައި ވެސް ދެކިވަޑައިގެން ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން އެކުގައި ތެދުވެ، އަވަށްޓެރިންނަށް އެހީވެ، ތިމާމެންގެ ގޭގެ ދޮރު ހުޅުވާލައި، އަޅުގަނޑުމެންގެ ރަށްތައް އަލުން ބިނާ ކުރިއެވެ" ކުރީގެ ހާރިޖީ ވަޒީރު ޝާހިދު ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެންމެ ބޮޑުބާރު ކަމުގައިވާ އެއްބައިވަންތަކަން އެ ދުވަހު ދިވެހީން ދައްކާލި ކަމަށް ވެސް ވިދާޅުވިއެވެ.
އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އޮނަރަބަލް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓް ނިންމަވާލެއްވީ އަޅުގަނޑުމެން ވެރިކަންކުރުމުގައާއި ހިދުމަތްކުރުމުގައާއި، އެކަކު އަނެކަކަށް ހާލުބެލުމާއި އަޅާލުމުގައި އެއްބައިވަންތަ ވުމަށް މަގު ދެއްކެވުމަށް ދުއާކުރައްވަމުންނެވެ.
އެކުގައި ތެދުވެ އަވައްޓެރިންނަށް ގެދޮރު ހުޅުވާލި: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ