ދައުލަތުން އެކަނިވެރި މައިންނާއި ބައްޕައިންނަށް ދޭ އިނާޔަތް އިއްޔެ ބޮޑުކުރުމަށްފަހު ގަވާއިދަށް އިތުރު އިސްލާހެއް ގެނެސް، އިއްޔެ ކަނޑައެޅި އަދަދަށްވުރެ ކުޑަކޮށްފި އެވެ.
ވީ ކިހިނެއް؟ - އެންސްޕާއިން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދަށް ގެނައި ތިން ވަނަ އިސްލާހު މިއަދު ވަނީ ގެޒެޓުކޮށްފަ އެވެ.
ތަފްސީލު - އެ އިސްލާހާ އެކު ޝަރުތު ހަމަާ ބެލެނިވެރިންނަށް، މާލީ އެހީގެ ގޮތުގައި މަހެއްގެ ތެރޭގައި 4 ކުދިންނާ ހަމައަށް ގިނަވެގެން ކޮންމެ ކުއްޖަކަށް 3،000ރ. ލިބޭނެ އެވެ.
އެއާ އެކު މަހަކު ގިނަވެގެން ދެވޭނީ 12،000ރ. ކަމަށާއި އަހަރަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000ރ. ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
އިއްޔެ ގެނައި އިސްލާހުގައި 4 ދަރިންނަށްވުރެ އިތުރުވާ ކޮންމެ ދަރިއަކަށް 1،000ރ. ދިނުމަށް ހިމަނާފައިވެ އެވެ. އަދި ގިނަވެގެން ދެވޭނީ މަހަކު 15.000ރ. އަދި އަހަރަކަށް 180،000ރ. ކަމަށް ވެސް އިއްޔެގެ އިސްލާހުގައި ހިމަނާފައިވެ އެވެ.
މި އިސްލާހުތައް ގެނައުމުގެ ކުރިން އެކަނިވެރި ބެލެނިވެރިންނަށް ދެނީ އެއް ދަރިއަކު ނަމަ މަހަކު 2000ރ. އެވެ. ދެން އިތުރުވާ ކޮންމެ ދަރިއަކަށް 1000ރ. އެވެ. ދެވޭނެ އެންމެ މަތީ އަދަދަކީ 10,000ރ. އެވެ.
އެ އިސްލާހަށް އަމަލުކުރާނީ އަންނަ އަހަރުން ފެށިގެންނެވެ.
އެކަނިވެރި ބެލެނިވެރިންނަށް މަހަކު ގިނަވެގެން ދެވޭނީ 12،000ރ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ