ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025 ފަށައިފި

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ހއ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" މިއަދު ހަވީރު ފަށައިފި އެވެ. މި މުބާރާތް މިއަދު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯރަފުށީގެ އިސްރަށްވެއްސެއް ކަމުގައިވާ އިލްޔާސް އިބްރާހިމް(އިލްޔާސް ސޯރ) އެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުޓްސަލް ކުޅޭ ޒުވާނުންގެ ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، ކުޅުންތެރިން އަދި ފުޓްސަލް ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ. "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ބައިވެރިވާ ޓީމުތަކަކީ:ގްރޫޕް އޭ ޔަންގް ބްލަޑް - ހއ. މޮޅަދޫ22 ސްޕޯޓްސް ކްލަބް - ހއ. ހޯރަފުށިބާރަލާ ސްޕޯޓްސް ކްލަބް - ހއ. ދިއްދޫގްރޫޕް ބީޓީމް ހިޔާ - ހއ. ހޯރަފުށިއެފްސީ ފްރިގޭޓަރ - ހއ. ހޯރަފުށިއެންވީކޭ - ހއ. އިހަވަންދޫ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ މޮޅަދޫ ޔަންގް ބްލަޑް އާއި ހޯރަފުށީ 22 ސްޕޯޓްސް ކްލަބް އެވެ. މި މެޗް ކާމިޔާބު ކުރީ ޔަންގް ބްލަޑް އެވެ. ޔަންގް ބްލަޑް އިން 3 ލަނޑު ޖެހިއިރު 22 ސްޕޯޓްސް ކްލަބް 2 ލަނޑު ޖެހި އެވެ.މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ހޯރަފުށީ ޓީމް ހިޔާ އާއި ހަމަ އެރަށު އެފްސީ ފްރިގޭޓާރ އެވެ. 4 ލަނޑު 3 ލަނޑުން މެޗު ކާމިޔާބު ކުރީ އެފްސީ ފްރިގޭޓާރ އެވެ.މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިހަވަންދޫ އެންވީކޭ އާއި ހޯރަފުށީ ޓީމް ހިޔާ އެވެ. އަދި އެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ދިއްދޫ ބާރަލާ ސްޕޯޓްސް ކްލަބް އާއި މޮޅަދޫ ޔަންގް ބްލަޑް އެވެ. މިދިޔަ އަހަރު ބޭއްވި "ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް" ގެ ޗެމްޕިއަންކަން އިހަވަންދޫ އެންވީކޭ ޓީމުން ހޯދި އިރު ރަނަރަޕްކަން ހޯދީ ހޯރަފުށީގެ 22 ސްޕޯޓްސް ކްލަބް އެވެ.މި މަހު 26 އިން 30 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ