އެފްކޮން: އިތުރު ވަގުތުގައި ސަލާހު ޖެހި ގޯލުން މިސްރަށް މޮޅެއް އެފްކޮން: އިތުރު ވަގުތުގައި ސަލާހު ޖެހި ގޯލުން މިސްރަށް މޮޅެއް

އަގާދިރު، މޮރޮކޯ (ޑިސެމްބަރު 23) - މެޗުގެ އިތުރު ވަގުތުގައި މުހައްމަދު ސަލާހު ޖެހި ގޯލުން ފަހަތުން އަރައި ޒިމްބާބްވޭ ބަލިކޮށް މިސްރުން މޮޅަކާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ފަށައިފި އެވެ.
އެފްރިކާގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިސްރަށް ރޭގެ މެޗު ވެގެންދިޔައީ ޗެލެންޖަކަށެވެ. ޒިމްބާބްވޭ އިން ވަނީ ޖުމްލަކޮށް ބަލާއިރު މިސްރު ކައިރީގައި ރަނގަޅު ވާދައެއްކޮށްފަ އެވެ.
އަދްރާރް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޒިމްބާބްވޭ އިން ވަނީ މެޗުގެ ފުރަތަަމަ ހާފުގައި ލީޑުނަގައިފަ އެވެ. އެ ގޮތުން، 20 ވަނަ މިނިޓްގައި ޒިމްބާބްވޭގެ ލަނޑު ޖަހައިދިނީ ޕްރިންސް ޑޫބޭ އެވެ. މިއީ، މިސްރުން މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ޒިމްބާބްވޭ އިން ކުރި އެޓޭކެއްގައި ޑޫބޭ ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގައި ޒިމްބާބްވޭ ލީޑުގައި އޮވެގެން ނިމުނުއިރު، މިސްރުން އެއްވަރުކުރީ 64 ވަނަ މިނިޓްގަ އެވެ. މުހައްމަދު ހަމްދީ ތަނަަވަސްކޮށްދިން ފުރުސަތެއްގައި މިސްރަށް މި ލަނޑު ޖަހައިދިނީ އޮމަރު މާމޫޝް އެވެ. މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ސަލާހު ވަނީ މިސްރު މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ. މިއީ، މުސްތަފާ މުހައްމަދު ދިން ބޯޅައަކުން ޖެހި ގޯލެެކެވެ.
މި ގްރޫޕްގައި ދެން ކުޅުނު މެޗުން ދެކުނު އެފްރިކާ އިން ވަނީ 2-1 އިން އެންގޯލާގެ މައްޗަށް ކުރިހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ