ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ އދ. އަތޮޅު ސެމީ ފައިނަލުގެ ފަހު ޖާގަަތައް އޮމަދޫ އާއި މަހިބަދޫން ހޯދައިފި އެވެ.
އދ. އަތޮޅުން މި ފަހަރު އަށް ޓީމު ވާދަކުރިއިރު، ގްރޫޕްގެ ފަހު މެޗުތަކަށް އައިއިރު، ކޮންމެ ގްރޫޕަކުން އެއް ޓީމު ވަނީ ސެމީ ފައިނަަލަށް ދަތުރުކޮށްފަ އެވެ. އެ ގޮތުން، ގްރޫޕް އޭ އިން މަންދޫ ސެމީ އަށް ދިޔައިރު، ގްރޫޕް ބީން ދަނގެތި އޮތީ ސެމީ ކަށަވަރުކޮށްފަ އެވެ.
ރޭ ކުޅުނު ގްރޫޕް އޭގެ ފަހު މެޗުތަކަށް ބަލާއިރު، މަންދޫން 5-3 އިން ހަންޏާމީދޫ ބަލިކުރިއިރު، އޮމަދޫން ވަނީ 4-1 އިން ކުނބުރުދޫ ބަލިކޮށްފަ އެވެ. އަދި، ގްރޫޕް ބީގައި، މަހިބަދޫން 3-1 އިން ފެންފުށި ބަލިކުރިއިރު، މާމިގިލި ހާޒިރުނުވާތީ، ދަނގެއްޗަށް ވަނީ މެޗު ލިބިފަ އެވެ.
މަންދޫ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އާދަމް ޝިޔާން މުހައްމަދު އާއި އިބްރާހިމް އިމްރާން (އިންމި) ކޮންމެ ކުޅުންތެރިއަކު ދެ ލަނޑާއި އަހުމަދު ހަމްދާން އަޒްލީން ލަނޑެކެވެ. ހަންޏާމީދޫން ގޯލުތައް ޖެހީ ހަސަން ޖިނާން އިބްރާހިމް، މިފްޒާލް އަބްދުލް ހަސީބް އަދި މުހައްމަދު ޖައިލަމް (އޮގީ) އެވެ. އޮމަދޫން ކުނބުރުދޫ ކޮޅަށް ގޯލުތައް ޖެހީ އަލީ ޝާޒް ހިލްމީ، އާދަމް މާއިން ނަސީރު، އަބްދުﷲ ނިހާން އަދި ޔޫސުފް ނަވާލް އެވެ. ކުނބުރުދޫގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ސިރުހާން އެވެ.
މަންދޫގެ އިންމި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ
ގްރޫޕް އޭގެ އެއް ވަނަ ނުވަ ޕޮއިންޓާ އެކު މަންދޫން ހޯދިއިރު، ދެ ވަނަ ދިޔަ އޮމަދޫ އާއި ތިން ވަނަ އަށް ދިޔަ ހަންޏާމީދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އޮމަދޫ އަށް ކުރި ލިބުނީ ފައިދާ އެއް ގޯލުންނެވެ. ގްރޫޕްގެ ފުލަށް ދިޔަ ކުނބުރުދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.
މަހިބަދޫ އަށް ރޭގެ މެޗުގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ދެ ގޯލު ޖަހައިދިންއިރު، އަނެއް ލަނޑު ޖެހީ މުހައްމަދު އިސާމް އެވެ. ފެންފުށީގެ ލަނޑު ޖެހީ އަބޫބަކުރު މުހައްމަދު އެވެ.
މި ގްރޫޕްގެ އެއް ވަނަ ނުވަ ޕޮއިންޓާ އެކު ދަނގެތިން ހޯދިއިރު، ދެ ވަނަ ލިބުނީ ހަ ޕޮއިންޓް ހޯދި މަހިބަދޫ އަށެވެ. ތިން ވަނައިގައި ނިންމި ފެންފުށްޓައް ތިން ޕޮއިންޓް ލިބުނުއިރު، މާމިގިިލި ކެޓީ ޕޮއިންޓެއް ނުލިބި އެވެ. މާމިގިލި ކުޅެން އޮތް ތިން މެޗުގެ ތެރެއިން ދެ މެޗަށް ހާޒިރުނުވެ އެވެ.
ތިން ޓީމު ވާދަކުރާ ބ. އަތޮޅާއި ދ. އަތޮޅުގެ ކުޅުން އިއްޔެ ވަނީ ފެށިފަ އެވެ.
އެ ގޮތުން، ބ. އަތޮޅުގެ މެޗުގައި ދަރަވަންދޫން ވަނީ 2-1 އިން ފެހެންދޫ ބަލިކޮށްފަ އެވެ. ދަރަވަންދޫގެ ޝާފިއު ސޫދު އާއި ހުސެއިން ނަސީމް ލަނޑު ޖެހިއިރު، ފެހެންދޫގެ ލަނޑު ޖެހީ ހުސެއިން ޝާއިން އަހުމަދު ޝަބީރު އެވެ.
މާއެނބޫދޫގެ ޒާން އެ ޓީމުގެ ލަނޑެއް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ދ. އަތޮޅުގައި ބަނޑިދޫ އަތުން މާއެނބޫދޫ ވަނީ 6-0 އިން މޮޅުވެފަ އެވެ. މާއެނބޫދޫގެ ލަނޑުތައް ޖެހީ އަބްދުﷲ ޒާން ޒަހީން ދެ ގޯލާއި އަހުމަދު ޝައިހާން، އަކްރަމް އަހުމަދު، މައިޝާން މުހައްމަދު އަދި އަލީ ޝާމިއު (މައިތޯ) އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.
16:00 - ހއ. ފިއްލަދޫ - ހއ. ހޯރަފުށި
16:00 - ހއ. ތުރާކުނު - ހއ. ބާރަށް
17:00 - ހއ. އުތީމު - ހއ. މާރަންދޫ
17:00 - ހއ. ވަށަފަރު - ހއ. މުރައިދޫ
--------------------------------------------
20:00 - ފ. ދަރަނބޫދޫ - ފ. ފީއަލި
20:00 - ފ. މަގޫދޫ - ފ. ނިލަންދޫ
21:00 - މ. ނާލާފުށި - މ. ދިއްގަރު
21:00 - މ. ކޮޅުފުށި - މ. މުލައް
22:00 - ހދ. ނޮޅިވަރަންފަރު - ހދ. ނޭކުރެންދޫ
22:00 - ހދ. ފިނޭ - ހދ. ކުމުންދޫ
23:00 - ހދ. ހަނިމާދޫ - ހދ. ނޮޅިވަރަން
23:00 - ހދ. ވައިކަރަދޫ - ހދ. ނައިވާދޫ
އޮމަދޫ އާއި މަހިބަދޫ އަތޮޅު ސެމީ އަށް އޮމަދޫ އާއި މަހިބަދޫ އަތޮޅު ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ