އަބްދުއްރަހީމްގެ ސަފީރުކަމުގެ ފަތްކޮޅު ޕުޓިންއަށް އަރުވައިފި

ރާއްޖެއިން ރަޝިއާއަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުކަމުގެ ފަތްކޮޅު، އެ މަގާމަށް އައްޔަން ކުރެއްވި އަބްދުއްރަހީމް އަބްދުއްލަތީފް، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް އަރުވައިފި އެވެ.
ވީ ކިހިނެއް؟- ރަޝިޔާގެ ސަފީރުކަމުގެ މަގާމަށް، ސިފައިންގޭގެ މަތީ މަގާމުތައް ފުރުއްވި ރިޓަޔާޑް އަބްދުއްލަތީފު، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
ސަފީރުކަމުގެ އެ ފަތްކޮޅު އޭނާ ރަޝިއާގެ ރައީސަށް އެރުވީ، އެކަމަށް މޮސްކޯގެ ގްރޭންޑް ކެމްލިން ޕެލެސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި އަބްދުއްރަހީމް ވަނީ، ރައީސްގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮ އެދުންތައް ޕުޓިންއަށް އަރުވާފަ އެވެ.
އެނގުން މުހިއްމު- އަބްދުއްރަހީމް މިހާރު ހުންނަވަނީ، ތުރުކީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމުގަ އެވެ. އޭނާ ގާއިމްވެ ހުންނަވަނީ އެ ގައުމުގަ އެވެ. ރަޝިއާ އާއި ރާއްޖެއާ ގުޅުން ހުރި ކަންކަން އޭނާ ކުރައްވާނީ އެތަނުގައި ގާއިމްވެހުންނަވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ