އިންޑިއާގެ އަސްކަރީ އުޅަނދެއް ރާއްޖޭގެ ރިސޯޓެއްގެ ފަރަށް އަރައިފި

އިންޑިއާގެ ކޯސްޓްގާޑު އުޅަނދެއް، ރާއްޖޭގެ ރިސޯޓު ގިލިލަންކަންފުށީ ފަރަށް އަރައިފި އެވެ.
ވީ ކިހިނެއް؟- ކ. ހިންމަފުށީ ފަޅުތެރޭގައި އޮންނަ މި ރިސޯޓުގެ ފަރަށް އިންޑިއާގެ އަސްކަރީ އުޅަނދު އެރީ ކޮން އިރަކުކަމެއް ޔަގީނެއް ނޫނެވެ. އެކަމަކު އެ މަންޒަރު ފެނުނު މީހުން 'ދައުރު'އަށް ޔަގީންކޮށްދިން ގޮތުގައި އުޅަނދުގެ ބޮޑުބައެއް އޮތީ ރިސޯޓުގެ ފަރުމަތީގަ އެވެ.
"އޭރު އެ އުޅަނދު ފުންކުރެވޭތޯ އިންޑިއާގެ އަސްކަރީ އުޅަނދެއް ވެސް އޮތް ކަފު ޖަހާފައި. އަދި ދިވެހި ސިފައިން ވެސް އުޅޭ،" މަންޒަރު ފެނުނު މީހަކު ކިޔައިދިނެވެ.
"އެކަމަކު ވަރަށް ބޮޑަށް ފަރަށް އަރާފައި އޮތުމުން އޭރު ފުނެއް ނުކުރެވޭ."
އިންޑިއާގެ އަސްކަރީ އުޅަނދެއް ފަރަށް އެރިކަން ސަލާމަތީ ބާރުތަކުން އަދި ޔަގީނެއް ނުކޮށްދެ އެވެ. 
އެނގުން މުހިއްމު- މިވޭތުވެ ދިޔަ ދެތިން އަހަރުގެ ތެރޭގައި ބޭރުގެ އުޅަނދުތައް ރާއްޖޭގެ ފަރުތަކަށް އަރައި އޭގެ ސަބަބުން ފަރުތައް ހަލާކުވުމުގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. އެއާ ގުޅިގެން އެ ބޯޓުތައް އެތައް މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރިޔަސް، ދައުލަތަށް ލިބިފައިވަނީ ވަރަށް މަދު އަދަދެއްގެ ފައިސާ އެވެ. އަދި ފައިސާ ހޯދަން ކޯޓަށް ހުށަހެޅި އެއްވެސް މައްސަލައެއް މިހާތަނަށް ނިމިފައެއް ނުވެ އެވެ
ފަރަށް އެރި އުޅަނދުތަކުގެ ތެރޭގައި އިންޑިއާގެ ބޯޓުތައް ގިނަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ