އުދަރެސް 5 ފްލެޓެއްގެ ލިފްޓަށް މައްސަލަ ދިމާވަނީ

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިމާރާތް ކޮށްފައިވާ, އަދި މިހާރު މީހުން ދިރިއުޅެން ދޫކުރަމުން އަންނަ އުދަރެސް ފްލެޓްތަކުގެ ތެރެއިން ފަސް ފްލެޓެއްގެ ލިފްޓަށް މައްސަލަ ދިމާވަމުން އަންނަ ކަމަށް, ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފިއެވެ. އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، މިއަދު "ސަން" އަށް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން, ފްޖެއާރ ބްރޭންޑްގެ އަށް ލިފްޓް ގެނެސްފައިވާ ކަމަށެވެ. މައްސަލަ ދިމާވެގެން އުޅެނީ އެ ލިފްޓްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ލިފްޓްތައް ހަރުކޮށްފައި ހުރީ, އުދަރެސް, 11,12,13,14,15 މި ފްލެޓްތަކުގައެވެ. ދިމާވެގެން އުޅެނީ އެ ލިފްޓްތަކުގެ ސެންސަރު ރަނގަޅަށް މަސައްކަތް ނުކުރާތީ ލިފްޓްގެ ދޮރު ނުލެއްޕުން ފަދަ މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން އެގޮތަށް ދިމާވަނީ އެ ލިފްޓްތަކުގެ ކެންސަރަށް ހިރަފުގެ އަސަރު ކުރާތީ ކަމަށް ހަމްދާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ލިފްޓްތައް މެއިންޓެނެސް ކުރާ ކުންފުންޏާ މިއަދު ވެސް ބައްދަލުކޮށް އެ މައްސަލަ ހައްލު ކޮށްދިނުމަށް އަންގާފައިވާނެ ކަމަށެވެ. އުދަރެސްގެ ބައެއް ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅޭއިރު އަނެއްބައި ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ބާރު ސުޕީޑުގައި އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލުމަށް އެފްޑީސީން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ