ބަންގްލަދޭޝްގައި އަންނަ މަހގެ12 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެގައުމަށް ދަތުރުކުރާއިރު ވަގުތީގޮތުން އޮން-އެރައިވަލް ވިސާ ދޫކުރުން މަޑުޖައްސާލަން ނިންމި ނިންމުން އަނބުރާ ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮން އެރައިވަލް ވިސާ ދޫކުރުން މަޑުޖައްސާލަން ނިންމި ނިންމުން ބަންގްލަދޭޝްގެ ސަރުކާރުން އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.
ތަފްސީލް - އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލާތީ އެ ގައުމަށް ދަތުރުކުރާއިރު ކުރިއާލާ ވިސާ ނަގަން އިއްޔެ އިލްތިމާސްކުރި އެވެ. ނަމަވެސް ނިންމުން ބަދަލު ކުރުމުން ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް، އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
ބަންގްލަދޭޝް އަކީ މެޑިސިން ކިޔެވުމަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ.
ބަންގްލަދޭޝް އަށް ދާއިރު ވިސާ ނަގަން ނުޖެހޭ ގޮތަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ