ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހިއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. އޭގެތެރެއިން 14 ކައުންސިލަރުންނަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ.
މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވީ ހަތް ބޭފުޅުންނެވެ. މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވަނީ ވެރިކަން ކުރާ ޕީއެންސީގެ ބައެއް ކައުންސިލަރުންނެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ މާލޭގެ މަގުތައް މަތީގައި ކުނި، ފުނިފުންޏަށް ޖަހާފައި ނުނަގައި ހުންނަ މައްސަލަ އާއި ކުނި އެއްކުރާ ކުނި ލޮރީން މަގުމައްޗަށް ދިޔަ ފައިބާ ވާހަކައިގެ އިތުރުން މަގުމަތީގައި އުޅޭ ބުޅާތައް ބުޅާ ފެސިލިޓީއަށް ނުގެންދާ މައްސަލަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ކައުންސިލަރު، މަރިޔަމް ނާޒިމާ މުހައްމަދު އާއި ސައިފް ފާތިހު އެވެ.
އޭގެއިތުރުން ދެން މިއަދުގެ އެޖެންޑާގައި އޮތީ ސިނަމާލެ އާއި މާލެ ހިޔާ ފްލެޓުތަކަށް ކުލި ނުދައްކާ ހުރި ފަރާތްތަކުގެ ޖޫރިމަނާ މާފު ކޮށްދިނުމުގެ މައްސަލަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ކައުންސިލަރު، އިބްރާހިމް މުހައްމަދު އެވެ.
މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެ ކެންސަލް ކުރަންޖެހުނުއިރު، ޕީއެންސީގެ ކައުންސިލަރުން އެއްބާރުލުން ނުދޭތީ މި ފަހުން އެ ކައުންސިލުގެ އެއްވެސް ޖަލްސާއެއް ބޭއްވޭ ގޮތެއް ނުވެ އެވެ. ހަފުތާތަކަކަށްފަހު އެ ކައުންސިލުގެ ޖަލްސާއެއް ބޭއްވުނީ މިދިޔަ ހަފުތާގަ އެވެ.
ޕީއެންސީ ކައުންސިލަރުން ހާޒިރު ނުވާތީ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ވެސް ނުބޭއްވުނު ޕީއެންސީ ކައުންސިލަރުން ހާޒިރު ނުވާތީ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ވެސް ނުބޭއްވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ