މިލާން (ފެބްރުއަރީ 25) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފް ބުރުގައި ރޭ އިންޓަ މިލާން ދަނޑުގައި 2-1 އިން މޮޅުވެ، އެ ޓީމު ކަޓުވާލުމަށް ފަހު ނޯވޭގެ ބޯޑޯ/ގްލިމް އިން ނިއުކާސަލް ޔުނައިޓެޑާއި ބަޔާ ލެވަކޫސަނާ އެކު ގަދަ 16 ބުރުގެ ޖާގައެއް ހޯދައިފި އެވެ.
އިންޓަގެ މައްޗަށް ދެ ލެގަށް ބަލާއިރު ބޯޑޯ އިން ކުރިހޯދީ 5-2 އިންނެވެ. މިއީ، 2010-2011 ވަނަ އަހަރު ޝާލްކޭ އަތުން ބަލިވި ފަހުން އިންޓަ އިން ޗެމްޕިއަންސް ލީގުގެ ދެ ލެގުގައި ވެސް ޓީމެއް އަތުން ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، ބޯޑޯ އަކީ ފާއިތުވި 38 އަހަރުގެ ތެރޭގައި ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުުގައި ކުޅޭނެ ނޯވޭގެ ފުރަތަމަ ޓީމެވެ.
ޗެމްޕިއަންސް ލީގުގައި މި ފަހަރު ތަފާތު ދައްކަމުން އަންނަ ބޯޑޯ އިން އަމިއްލަ ދަނޑުގައި ހޯދި މޮޅުގެ އިތުބާރާ އެކު ނުކުމެ، އިންޓަ ދަނޑުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ގޮތުން، 58 ވަނަ މިނިޓްގައި ބޯޑޯގެ ޖެންސް ޕީޓާ ހޯގް ލީޑުނެގިއިރު، ހަކޯން އެވްޖެން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. އިންޓަ އިން އަލެސަންދްރޯ ބަސްޓޯނީގެ ލަނޑުން އުންމީދެއް ހޯދި ނަމަވެސް އިތުރު ގޯލެއް ނުޖެހި، މުބާރާތުން ކެޓީ އެވެ.
ބޯޑޯ އިން ގަދަ 16 ބުރުގައި ކުޅޭނީ މެންޗެސްޓާ ސިޓީ ނޫނީ ސްޕޯޓިން ލިޒްބަންއާ އެވެ. ބޯޑޯ އިން ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ.
އަޒަރުބައިޖާންގެ ގަރަބަގް އަތުން ނިއުކާސަލް އިން އަމިއްލަަ ދަނޑުގައި 3-2 އިން މޮޅުވިއިރު، އެގްރިގޭޓުން ކުރި ލިބުނީ 9-3 އިންނެވެ. ނިއުކާސަލް އަށް ރޭގެ މެޗުގެ ފުރަތަމަ ހަ މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ލިބުނީ ސަންޑްރޯ ޓޮނާލީ އާއި ޖޯލިންޓަން ޖެހި ލަނޑުތަކުންނެވެ.
ދެ ވަނަ ހާފުގައި ކަމިލޯ ޑުރާން ގަރަބަގަށް ލަނޑެއް ޖަހައިދިންތާ ދެ މިނިޓް ފަހުން، ސްވެން ބޮޓްމަން ނިއުކާސަލްގެ ދެ ގޯލުގެ ލީޑު އަލުން ނަގައިދިނެވެ. އޭގެ ފަހުން، އެލްވިން ކަފަރްގުލިޔޭވް ލަނޑެއް ޖަހައި، ގަރަބަގަށް ފަރަގުކުޑަކޮށްދިނެވެ.
ނިއުކާސަލް މި މެޗުން މޮޅުވުމާ އެކު، ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އިނގިރޭސި ހަ ކްލަބެއް ފެނިގެންދާނެ އެވެ. އެއީ، ލިވަޕޫލް، ޗެލްސީ، އާސެނަލް، ޓޮޓެންހަމް، މެންޗެސްޓާ ސިޓީ އަދި ނިއުކާސަލް އެވެ.
އޮލިމްޕިއާކޯސް ދަނޑުގައި 2-0 އިން ހޯދި މޮޅާ އެކު، ރޭ އަމިއްލަ ދަނޑުގައި ދެ ވަނަ ލެގަށް ނުކުުތް ލެވަކޫސަނުން ވަނީ 0-0 އިން އެ މެޗު އެއްވަރުކޮށް، އަނެއް ބުރުން ފުރުސަތު ހޯދައިފަ އެެވެ.
ބޯޑޯ އިން އިންޓަ ކަޓުވާލައިފި، ނިއުކާސަލާއި ލެވަކޫސަން ގަދަ 16 އަށް ބޯޑޯ އިން އިންޓަ ކަޓުވާލައިފި، ނިއުކާސަލާއި ލެވަކޫސަން ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ