އޮޑިއަށް ބޮޑު ޝަރަފެއް، މާޒީ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ތަށި އުފުލާލައިފި

ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ވާދަކުރީ، އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މިރޭގެ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް ކްލަބުން ހޯދުން -- 
އެއީ ވަގުތު ހަމަވީއިރު ދެ ޓީމުވެސް 1-1 އެއްވަރުވުމުންނެވެ. ޕެނަލްޓީގައި އޮޑިން ކުރި ހޯދީ 5-6 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ މެޗުގެ ހަތަރުވަނަ މިނެޓްގައި މާޒިޔާއިން ވަނީ ގޯލެއް ޖަހާ އޮޑި ސްޕޯޓްސް ކުލަބު ހާސްކޮށްލާފަ އެވެ. މި ލަނޑު ޖަހައިދިނީ ނާއިޒު ހަސަން (ދާދު) އެވެ. ނަމަވެސް އޮޑިން ވަނީ ހިތްވަރާއެކު ކުޅެ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު އޮޑިއަށް ޖަހައިދިނީ އެ ޓީމަށް ކުޅޭ އިނގިރޭސި ކުޅުންތެރިޔާ އެވެ.
ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް ކްލަބުން ހޯދުން -- 
ޕެނަލްޓީގައި ވެސް ފުރަތަމަކޮޅު ހިތްދަތިކަން ލިބުނީ އޮޑިއަށެވެ. އެ ޓީމުގެ ދެވަނަ ޕެނަލް އަދި ތިންވަނަ ޕެނަލްޓީ ވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. ނަމަވެސް އޮޑީގެ ކީޕަރު ވަނީ މާޒިޔާގެ ކުޅުންތެރީން ފަހުން ޖެހި ޕެނަލްޓީތައް ދިފާއުކޮށް ތަށި އުފުލާލުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މިއީ އޮޑި ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެހެން ކަމުން އެންމެ ޝަރަފުވެރި މުބާރާތުގެ ތަށި އުފުލާލުމަކީ އެ ޓީމަށް ވަރަށް ބޮޑު ކާމިޔާބަކަށްވި އެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗެމްޕިއަން ޓީމަށް، ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.
ޕްރެޒިޑެންޓްސް ކަޕް އެންމެ ފުރަތަމަ ބާއްވާފައިވަނީ، މީގެ 80 އަހަރު ކުރިން، 1946 ވަނަ އަހަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ