ވ. އަތޮޅު ވައްޓަރު ސަރަހައްދު ހިމާޔަތްކޮށްފި

ވ. އަތޮޅުގެ އުތުރުގައި އޮންނަ ވައްޓަރާއި، އެ ރަށުގެ ވަށައިގެންވާ ބޮޑު ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީން ކަނޑައަޅައިފިއެވެ.
- އެއްވެސް ދިރުމެއްގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުންދިނުން
- އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފްކުރުން
- އެއްވެސް ބާވަތެއްގެ ކުނި އެޅުން
- އުމްރާނީ ތަރައްގީގެ މަސައްކަތެއް، ނުވަތަ އިންފްރާސްޓްރަކްޗާ ގާއިމްކުރުން
- އެ ތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކޮށް، ރޭގަނޑު އަލިކުރުން
- މަސްމަހާއިމެއްސާއި ދޫނިސޫފާސޫފި ހިމެނޭހެން، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން، ނުވަތަ ކާން އެޅުން
- ބިން ހިއްކުމާއި ފަޅު ފުންކުރުން
- ހަވީރު 5:30 އާއި އިރުއޮއްސި 6:30 އާ ދެމެދު ޒިޔާރަތްކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ