ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސްޓޯރޭޖު ފެސިލިޓީ ނުވަތަ ގުދަންތަކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން އިއްޔެ ބުނެފި އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ދޭން ނިންމަވައި، މާދަމަ އިން ފެށިގެން އެކަންތައް ތަންފީޒު ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ތަފްސީލް - އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ17 ގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ފާހަގަކުރި މައްސަލަތަކުގެ ތެރޭ ހިމެނޭ ކަންތައްތަކުގެ ތެރެއިން މާލެ ސަރަަހައްދާއި ކުޅުދުއްފުށި އަދި އައްޑޫގައި އެފަދަ ވިޔަފާރިތަކަށް ހާއްސަކޮށްގެން ސްޓޯރޭޖު ފެސިލިޓީތައް ގާއިމުކޮށް އަގުހެޔޮކޮށް މުދާ ރައްކާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކުރިއަށް އޮތްތަނުގައި މި މަސައްކަތުގެ ތަފްސީލް އާންމު ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އިން ބުނީ؛
އެމްޕީއެލް އިން މުދާ ކްލިއާ ކުރުން ހަލުވި ކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ކަންތައް މިހާރަށް ވުރެ ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ
ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ބައިތިއްބުމަށް ހިންގާ ގެސްޓުހައުސްތައް ރެޖިސްޓްރީކޮށް، ކޯޓާ ލިބުމުގައި ދިމާވި ދަތިތައް މިހާރު ވަނީ ހައްލުކޮށްފައި
އެސްއެމްއީތަކަށް ހާއްސަ ގުދަންތަކެއް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ