ވީއައިއޭގައި މާރާމާރީ ހިންގި މައްސަލަ ފުލުހުން ބަލަން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޓެކްސީ ކިއުގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ވިއައިއޭ ޓެކްސީ ކިއުގައި ބިދޭސީބައެއް ކަމަށް ބެލެވޭ ބަޔަކު މާރާމާރީ ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ. މި ވީޑިއޯއާ ގުޅޭގޮތުން ފުލުހުން ބުނީ، ދެ ބައެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގި ކަމުގެ ރިޕޯޓް އިއްޔެ ރޭގެ 12:15 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މިކަމާ ގުޅިގެން ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހާޒިރުކޮށް މައުލޫމާތު ސާފުކޮށް ނަސޭހަތް ދީފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތައް ހިމެނޭ ސަރަހައްދުތަކުގައި މާރާމާރީ އާއި ހަމަނުޖެހުން ހިންގާނަމަ އެކަމަށް ހަރުކަށި އަދަބުދެވޭ އުސޫލްތަކެއް ހަދާފއި ހުންނަކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ