ސުނާމީ ބިނާ މައިޒާން ތަރައްގީ ކުރަން ފަށައިފި

ސުނާމީ ބިނާ މައިދާން ތަރައްގީ ކުރަން ފަށައިފި އެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވީ ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ އެސަރަޙައްދުގެ ޝީޓް ޕައިލްތައް އާކޮށް، ކީވޯލް މަރާމާތުކުރުމުގެ މަސައްކަތާއި، އެ ސަރަޙައްދަކީ ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ މަސައްކަތް މިއަދު އެމްޓީސީސީ އިން ވަނީ ފަށާފައި ކަމަށެވެ.
މިއީ މާލޭގައި ހުރި އެކި އެކި ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖު ހަދަން ހެންވޭރުކޮޅުގައި ހުރި ސުނާމީ ބިނާ ނަގައިގެން ގެންގޮސް ބެހެއްޓީ ކުރީގެ ތިން ރުއް ޕާކުގަ އެވެ.
އެ ސަރަހައްދު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިތްފަސޭހަ ސަރަހައްދަކަށް ހެދި އެވެ. ނަމަވެސް ފަހުން އެ ސަރަހައްދު ރަނގަޅަށް ނުބެލެހެއްޓި ހަލާކުވެ ދިޔައީ އެވެ.
މިހާރު އެ ސަރަހައްދު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ