މާލޭގެ އެންމެ މުހިންމު ދެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޓާޓާގެ ދެ ހައުސިން ޓަވަރަކީ ޒަމާނީ ދިރިއުޅުމަކަށް ހާއްސަ ދެ ޓަވަރެވެ. މި ދެ ތަނުގައި ދިރިއުޅޭ މީހުންނަށް ތަފާތު ދެ އިހުސާސެއް ކުރެވޭނެހެން ތަރައްގީކޮށްފައިވާ މި ދެ ޓަވަރުގެ ތެރެއިން ޓާޓާ ލަގްޒާވަންއަކީ ސިޓީ ލައިފް ދިރިއުޅުން ކަމުދާ މީހުންނަށް އެކަށޭނަ ގޮތަށް ފަރުމާކޮށް، އިމާރާތްކޮށްފައިވާ ތަނެކެވެ. ލަގްޒެރާއަކީ ޕްރައިވެސީ ބޭނުންވާ މީހުންނަށް އެންމެ ކަމުދާނެ ޑިޒަނާ އެކު އިމާރާތްކޮށްފައިވާ، އެންމެ މަތީފަންތީގެ ދިރިއުޅުމަކަށް އެކަށޭނަ އިމާރާތެކެވެ.
މި ދެ އިމާރާތުން ލަގްޒަރީ ދިރިއުޅުމުގެ ތަފާތު ދެ ވާހަކައެއް ކިޔައިދެ އެވެ.
ލަގްޒާވަން ޓަވަރުގައި ޖުމްލަ 54 އެޕާޓުމެންޓު ހުންނާނެ އެވެ. އެގޮތުން، 3 ކޮޓަރީގެ އެޕާޓުމެންޓުގެ އިތުރުން 1 ކޮޓަރީގެ ސްޓޫޑިއޯ ޔުނިޓުތައް ވެސް މި ޓަވަރުގައި ތަރައްގީކޮށްފައިވެ އެވެ.
މި ހުރިހާ ޔުނިޓެއް ވެސް ފަރުމާކޮށްފައިވަނީ ގުދުރަތީ އަލި ލިއްބައިދޭ ގޮތަށް، ކްރޮސް ވެންޓިލޭޝަންއާ އެކު އެވެ.
ޖާގަ ތަނަވަސް މި އެޕާޓުމެންޓުތަކުގެ އެތެރެ ފަރުމާކޮށްފައި ވަނީ ސިޓީ ވިއު ފެންނާނެ ގޮތަށެވެ. އެޕާޓުމެންޓުތައް ފުރިހަމަކޮށްދެނީ ޒަމާނީ މޮޑިއުލާ ބަދިގެ އެވެ.
މިހާރު ދިރިއުޅެން ފަށާ ވަރަށް ނިމިފައިވާ މި އެޕާޓުމެންޓުތަކުގެ މަސައްކަތަކީ ކޮލެޓީ ކޮންސްޓްރަކްޝަން މަސައްކަތެއް ވަގުތަށް ނިންމިދާނެކަމުގެ ހެއްކެކެވެ.
ލަގްޒެރާއަކީ މަތީ ފަންތީގެ ދިރިއުޅުމަށް ހާއްސަ 72 އެޕާޓުމެންޓު ހިމެނޭ ޕްރިމިއަމް އިމާރާތެކެވެ.
ޕްރިމިއަމް 1+3 ލޭއައުޓަކާ އެކު މި އިމާރާތް ފަރުމާކޮށްފައިވަނީ ޕްރައިވަސީ ކަށަވަރުވާނެހެން، ތަނަވަސް ޖާގައަކަށް އިސްކަންދީގެންނެވެ. ޑޮމެސްޓިކް ހެލްޕަށް ހާއްސަ ކޮޓަރި ކޮންމެ އެޕާޓުމެންޓެއްގައި ވެސް ހުންނާނެ އެވެ.
އެއްވެސް އެޕާޓުމެންޓެއްގެ ފާރު އަނެއް އެޕާޓުމެންޓާ ހިއްސާ ނުކުރާ ގޮތަށް ޑިޒައިންކޮށްފައިވާ މި އެޕާޓުމެންޓުތަކަކީ ފުލީ އެއާކޮންޑިޝަންޑު ތަންތަނެވެ. ކޮންމެ އެޕާޓުމެންޓަކުން ވެސް އެންމެ މަތީ ފަންތީގެ ދިރިއުޅުމެއްގެ އިހުސާސް ގެނެސްދޭނެ އެވެ.
ޓާޓާގެ މި ދެ އިމާރާތުގެ ރޫފް ޓޮޕް ވެސް ހާއްސަކޮށްފައިވަނީ ތަނުގައި ދިރިއުޅޭ މީހުންގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށެވެ. މި ދެ އިމާރާތުގެ ރޫފް ޓޮޕް ވެސް ހާއްސަކޮށްފައިވަނީ ތަނުގައި ދިރިއުޅޭ މީހުންގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށެވެ. އެގޮތުން:
ދެ އިމާރާތުގައި ވެސް އިންފިނިޓީ އެޖް ޕޫލް ހުންނާނެ
ފުލީ އިކުއިޕްޑް ޖިމް އާއި ކުޑަކުދިން ކުޅޭ ސަރަހައްދުގެ އިތުރުން ބާބަކިޔު ޑެކް އަދި ލައުންޖު ހުންނާނެ
ދެ އިމާރާތުގައި ވެސް މި ހުރިހާ ހިދުމަތެއް ގާއިމްކޮށްފައިވާއިރު ދެ ތަނުގެ ތަޖުރިބާ ތަފާތުވާނެ އެވެ. އެގޮތުން:
ލަގްޒާވަންގެ ސޯޝަލް ސްޕޭސްއަކީ އޯޕަން އަދި ކޮސްމޯޕޮލިޓަން އިހުސާސެއް ގެނެސްދޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް
ލަގްޒެރާގެ އޯޕަން ސްޕޭސް ފަރުމާކޮށްފައިވަނީ އެއަށް ވުރެ އެކްސްކްލޫސިވް އިހުސާސެއް ގެނެސްދޭނެ ގޮތަކަށް؛ އެ ތަނުގެ ރޫފްޓޮޕް ލައުންހާއި މަލްޓިޕާޕަސް ހޯލަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ އިތުރުން އިޖުތިމާއީ އެއްވުންތައް ބާއްވަން ވެސް ކަމުދާނެހެން ޑިޒައިންކޮށްފައިވާ ތަންތަން
ލަކްޒާވަންއަކީ މާލޭގެ ހަލަބޮލި ދިރިއުޅުމާ އެކު މުހިއްމު ހިދުމަތްތައް ފަސޭހައިން ލިބޭ ސަރަހައްދެއްގައި ދިރިއުޅެން ބޭނުން ފަރާތްތަަކަށް ހާއްސަ އިމާރާތެކެވެ.
މިއީ އާމްދަނީ ރަނގަޅު ވަޒީފާތަކުގައި އުޅޭ މީހުންނަށާއި އާއިލާތަކަށް އެކަށީގެންވާ ފަސޭހަކަމާއި ހިތްގައިމުކަން އެކުލެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ލަގްޒެރާ އިމާރާތުގެ ތަސައްވަރު މިއާ ތަފާތެވެ. އެތަނުގެ ތަނަވަސްކަމާއި ޕްރައިވެސީއާ އެކު މިއީ އެންމެ މަތީ ފަންތީގެ ދިރިއުޅުމަކަށް ލޯބިކުރާ މީހުންނަށާއި ޑިޕްލޮމެޓުންނަށް ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް އެންމެ ކަމުދާނެ ފަދަ އިމާރާތަކަށް ވާނެ އެވެ.
ލަގްޒެރާ އިމާރާތުގައި ދިރިއުޅޭނީ އެންމެ 72 އާއިލާ އެވެ. އެތަނުގެ އެތެރޭގެ ޑިޒައިނަކީ އެންމެ މަތީ ފަންތީގެ ކޮމެޓީ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ، ތަނަވަސް އަދި ހަމަހިމޭން މާހައުލެއް ކަށަވަރުކޮށްދޭ ޑިޒައިނެކެވެ.
ލަގްޒާވަންގެ އަގުތައް ގާތްގަނޑަކަށް 4.9 މިލިއަން ރުފިޔާއިން ފެށޭއިރު، މި މަޝްރޫއުގެ ގިނަ ޔުނިޓުތަކެއް ވަނީ ވަރަށް ހަލުވިކަމާ އެކު ވިކި ހުސްވެފަ އެވެ. އެގޮތުން:
މިހާރު ބާކީ ހުރީ އެންމެ ޔުނިޓެއް
ގިނަ ބަޔަކު ވަނީ މިހާރު މި އިމާރާތުގައި ދިރިއުޅެން ފަށާފައި
މިއީ މި މަޝްރޫއަށް އޮތް ތަރުހީބާއި މާކެޓުގައި އިތުބާރު އޮތްކަން ހާމަވާ ކަމެއް
ލަގްޒެރާގެ އަގުތައް ފެށެނީ 6.4 މިލިއަން ރުފިޔާއިންނެވެ. އެޗްޑީއެފްސީ އާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފަސޭހަ ފައިނޭންސިން އިންތިޒާމުތަކާ އެކު މި އެޕާޓުމެންޓުތައް ގަތުމުގެ ފުރުސަތު އެބައޮތެވެ.
މި ދެ އިމާރާތަކީ ޓާޓާ ހައުސިންގެ މުހިއްމު ދެ މަޝްރޫއެކެވެ. ލަގްޒާވަން އިން އާންމު ދިރިއުޅުމަށް ބޭނުންވާ މަތީ ފަންތީގެ ލުއިފަސޭހަކަން ގެނެސްދޭއިރު، ލަގްޒެރާ އިން ފެންނާނީ މާލޭގައި އެންމެ މަތީ ފަންތީގެ 'ބްރޭންޑެޑް' ލަގްޒަރީ ދިރިއުޅުމެކެވެ.
ޓާޓާ ހައުސިން އިން މި ޕްރޮޖެކްޓުތައް ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި އިމާރާތްތަކެއް އެޅުމުގެ ބަދަލުގައި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްގޮތަށް، ފުރިހަމަ ދެ އައިޑެންޓިޓީއެއް އުފެއްދުމަށެވެ.
ޓާޓާ ލަގްޒެރާ އަދި ލަގްޒާވަން: އެންމެ މަތީފަންތީގެ ތަފާތު 2 އައިޑެންޓިޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ