މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސަށް ލިބުމުން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް، 28، އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ހަނީފް، 36، ކަމަށެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަނީފްގެ ބަންދަށް ފަސް ދުވަސް އަދި އަޒުހަދު ނަސީމްގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.
މި މައްސަލައާ ގުޅޭ އިތުތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވާއިރު، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން މި އަހަރު ހިންގި އެކި ޑްރަގް އޮޕަރެޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި މިހާތަނަށް އަތުލައިގަނެފައިވެ އެވެ.
ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ