މޯލްޑިވް ގޭސް އިން ވިއްކާ ގޭސް ހަފްތާއެއްގެ މުއްދަތަށް ދެބައިކުޅަ އެެއް ބަޔަށް މަދުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ހެދި ގަލްފުގެ ގައުމުތަކުން ގޭސް ވިއްކުން ވަނީ ވަރަށް ބޮޑަށް މަދުކޮށްފަ އެވެ. އަދި ދުނިޔޭގެ ހަކަތައިގެ މުހިންމު މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރަން އީރާނުން ނިންމުމުން ތެލާއި ގޭސް އުފުލަން ވަނީ ދަތިވެފަ އެވެ.
ތަފްސީލް - މޯލްޑިވް ގޭސްގެ މައި ކުންފުނި، އެސްޓީއޯގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ މޯލްޑިވް ގޭސް އިން ވިއްކާ 10 ކިލޯގެ ގޭސް ފުޅީގައި މިވަގުތު ވިއްކަނީ 5 ކިލޯ ކަމަށެވެ. އެކަން ކުރީ ހަފްތާއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން ކުރަން ޖެހުނީ ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލައި އާންމުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވެ، އިތުރަށް ގަންނަން ފެށުމުން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަހުގެ 20ގައި އާ ޝިޕްމަންޓެއް ލިބޭނެ ކަމަށާއި އޭރުން އެ ކޮންޓްރޯލް ދޫކޮށްލާނެ ކަމަށެވެ.
އެނގުން މުހިންމު - ތެލާއި ގޭސް ލިބުމުގައި ހުރި ދަތިތަކުގެ އަސަރު އަވަށްޓެރި އިންޑިއާ އަދި ލަންކާއަށް ވެސް ވަނީ ކޮށްފަ އެވެ.
ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ)އަށް އޮތް ޑިމާންޑް ފުއްދުމަށް އިންޑިއާއިން މަސައްކަތް ކުރަމުން އަންނައިރު، އެލްޕީޖީ އުފައްދާ މިންވަރު އިތުރުކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ވިއްކާ މިންވަރު މަދުކުރުމަށް ރިފައިނަރީތަކަށް އަމުރުކުރުމަށް ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ބާރުތަކުގެ ބޭނުން ހިފާފަ އެވެ.
މޯލްޑިވް ގޭހުން މި ހަފްތާގައި ވިއްކަނީ 10 ކިލޯގެ ފުޅީގައި 5 ކިލޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ