ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބާއްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026ގެ ވޯޓުލުން މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ވޯޓުލުމުގެ ފުރުސަތު އަންނަ މަހު 15ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
މީގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަތުރުވެރިން އަދި އާންމުންނަށް ވެސް އެކި ދާއިރާތަކުން ވަނަތައް ހޮވުމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ތަފްސީލް - ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ޓައިޓްލް ޕާޓްނަރުގެ ގޮތުގައި ހަރަކާތްތެރިވާ މި އެވޯޑަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުނަރުވެރި މުވައްޒަފުންގެ ހިދުމަތާއި ވަކިވަކި ފަރުދުންގެ މޮޅު މަސައްކަތުގެ އިތުރުން ޓީމުތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ދެވޭ އެވޯޑެކެވެ.
އެގޮތުން، 2024ގައި ފެށި މި އެވޯޑު ޕްރޮގްރާމަކީ، ރާއްޖޭގެ ރިސޯޓު ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ދެވޭ ހަމައެކަނި އެވޯޑެވެ.
އެވޯޑަށް ނަން ހުށަހެޅުމުގެ މަރުހަލާ މިހާރު ނިމިފައިވާއިރު، ރާއްޖޭގައި ހިންގާ 179 ރިސޯޓެއްގެ ތެރެއިން 460އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނަން ހުށަހަޅާފަ އެވެ.
ނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން:
ޝަރުތު ހަމަވާ ފަރާތްތައް ބަލައި މިހާރު ވަނީ ޝޯޓްލިސްޓްކޮށްފައި
މި ފަރާތްތަކަށް މިހާރު ވޯޓުލެވޭނެ
އެވޯޑުގެ ނަތީޖާ ކަނޑައެޅުމުގައި އާންމުންގެ ވޯޓުގެ އިތުރުން، މި ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ މިނިވަން ފަނޑިޔާރުންގެ ޕެނަލެއްގެ އިވެލުއޭޝަން ވެސް ހިމެނޭނެ
މި އަހަރުގެ އެވޯޑުގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަންނީ ބޭފުޅުންނެވެ. ވަނަވަނައަށް އަންނަ ފަރާތްތައް ކަނޑައެޅުމުގައި އެ ބޭފުޅުންގެ އިވެލުއޭޝަން މުހިންމު ދައުރެއް އަދާކުރާނެ އެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026ގެ ގާލާ އިވެންޓް ބާއްވާނީ އަންނަ 26 އޭޕްރީލްގައި ކުރުނބާ މޯލްޑިވްސްގަ އެވެ. މި ހަފުލާގައި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނާއި ރިސޯޓުތަކުގެ އިސްވެރިންނާއި ދާއިރާގެ އެކި ފަރާތްތައް ބައިވެރިވެ، ދާއިރާއަށް ލިބިފައިވާ ކާމިޔާބީތައް ފާހަގަކުރާނެ އެވެ.
މިއަހަރުގެ އެވޯޑަށް ދާއިރާގެ ގިނަ ބައިވެރިންތަކެއް އެހީތެރިކަން ފޯރުކޮށްދެ އެވެ. ބީބީއެމް ޓައިޓްލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާއިރު، ޕްލެޓިނަމް ޕާޓްނަރަކީ ދިރާގެވެ. އޮގަނައިޒިން ޕާޓްނަރަކީ ސްޓޯމް އިވެންޓްސް އެވެ. އަދި ހޯސްޓް ޕާޓްނަރަކީ ކުރުނބާ މޯލްޑިވްސް އެވެ. މީގެ އިތުރުން، އިތުރު ޕާޓްނަރުންނާއި ސްޕޮންސަރުން ކުރިއަށް އޮތް ހަފުތާތަކުގައި އިއުލާނުކުރާނެ އެވެ.
އެވޯޑަށް ވޯޓުލުމަށް
ހޮޓެލިއާ މޯލްޑިވްސް އެވޯޑަށް ވޯޓުލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ