ޖަޕާނުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކެއިސުކޭ ހޮންޑާ، އިރާންގެ ގައުމީޓީމަށް ތާއީދު ކުރުމާއި، ގުޅިގެން، އެމެރިކާގެ ކުންފުންޏަކުން އޭނާއާއި އެކު ހަދާފައި އިޝްތިހާރު ކުރުމުގެ އެއްބަސްވުން އުވާލައިފިއެވެ.
ސްޕޮންސަރުގެ ނަން ހާމަނުކޮށް ހޮންޑާ ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި މިއަހަރު ބާއްވާ ވޯލްޑް ކަޕުގައި އީރާނުން ބައިވެރިވާން ބޭނުންވާވާނަމަ އެފުރުސަތު އެޓީމަށް އޮންނަންވާނެކަމަށް ބުނެ އޭނާ ސޯޝަލް މީޑިއާ ގައި ކުރި ޕޯސްޓަކާ ގުޅިގެން، އެމެރިކާގެ ކުންފުންޏަކުން އޭނާއާ އެކު ކުރިއަށް ގެންދަން އެއްބަސްވެފައިވާ އިޝްތިހާރެއްގެ މަސައްކަތް ކުރިޔަށްނުގެންދަން މިހާރު ނިންމާފައިވާކަމަށެވެ.
އަދި ކަންކަމުގެ އަސްލު ހަގީގަތަށް ބެލުމެއް ނެތި، ފާސިދު ނުބައި ވިސްނުމެއްގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމާ ކުންފުނިތަކާއެކު އެއްވެސް ގުޅުމެއް ބާއްވަން އޭނާ ދެން ބޭނުން ނުވާ ކަމަށްވެސް ހޮންދާވަނީ ބުނެފައެވެ.
”މިއީ ވަރަށް ނާޒުކު މައްސަލައެއްކަން އަޅުގަނޑަށް އެނގޭ، އަޅުގަނޑު އަމިއްލަ ވިސްނުމެއް އީރާން ވޯލްޑް ކަޕްގައި ބައިވެރިވުން“ އުމުރުން 39 އަހަރުގެ ހޮންޑާ ބުރާސްފަތި ދުވަހު ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
2008 އިން 2018 އަށް ޖަޕާންގެ ގައުމީ ޓީމަށް ކުޅެ، އެ ގައުމަށް 38 ލަނޑު ކާމިޔާބުކޮށްދީފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކެއިސޫކޭ ހޮންޑާ އޭނާގެ އަމިއްލަ ވިސްނުން ސޯޝަލްމީޑިޔާގައި ފާހަގަކޮށްފައިމިވަނީ އެމެރިކާ އާއި ޔަހޫދީ އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި، އެ ގައުމުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން، އީރާނަށް ވޯލްޑް ކަޕްގައި ބައިވެރިނުވެވޭނެ ކަމަށް އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ.
48 ޓީމު ވާދަކުރާ މި މުބާރާތަށް އީރާން ކޮލިފައިވެފައިވީ ނަމަވެސް، އެ ގައުމަށް މުބާރާތުގައި ބައިވެރިވެވޭނެ ކަމާމެދު މިހާރު ވަނީ ޝައްކު އުފެދިފައެވެ. މިއީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި ޔަހޫދީ އިސްރާއީލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. އެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އިސްރާއީލަށާއި، މެދުއިރުމަތީގައި އެމެރިކާ ސިފައިން ހަރަކާތްތެރިވާ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.
އީރާނަށް ތާއީދުކުރުމުން ފުޓްބޯޅަ ތަރި ކެއިސޫކޭ ހޮންޑާއާއެކު ވެފައިވާ އިޝްތިހާރު އެއްބަސްވުން އުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ