ވެރިރަށުގައި ހުރި އެންމެ ރީތި އަދި ބޮޑެތި މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ސަލްމާން މިސްކިތުގެ އޭސީ ނިޒާމަށް އަނެއްކާ ވެސް މައްސަލަ ޖެހިއްޖެ އެވެ.
މީގެ ކުރީން 2025 ވަނަ އަހަރުވެސް އޭސީތަަކަށް މައްސަލަ ޖެހުމެވެ. އެކަމުގެ ސަބަބުން މިސްކިތުގެ ތެރެ ވަރަށް ބޮޑަށް ހޫނުވެ އާންމުންނަށް ދަތިކަމާއި ކުރިމަތިލާން ޖެހުނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އެމްއޭސީއެލް އާއި އެ މިނިސްޓްރީ ގުޅިގެން ވަނީ ފަށާފައި ކަމަށެވެ.
އަދި އަމާޒަކީ ރޯދަ މަހުގެ ކުރިން ހައްލުވޭތޯ މަސައްކަތް ކުރުން ކަމުގައި ވިދާޅުވި އެވެ.
"..2025 ގައި އޭސީ ނިޒާމު މައްސަލަޖެހިގެން ހައްލުތަކެއް ގެނައި. ނަމަވެސް އެކަން ދެމިގެނެއް ނުދިޔަ އަޅުގަނޑުމެން މަސައްކަތްކުރަމުންދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކުރަން," މިނިސްޓަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ސައުދީ ސަރުކާރުގެ އެހީގައި ބިނާކޮށްފައިވާ މި މިސްކިތް ރަނގަޅަށް ބެލެހެއްޓުމުގައި ރައީސް ސޯލިހްގެ ސަރުކާރުން އިހްމާލުވި ކަމަށް މިނިސްޓަރު ޝަހީމް ކުރީން ވަނީ ވިދާޅުވެފަ އެވެ.
ސަލްމާން މިސްކިތުގެ އޭސީ ނިޒާމަށް އަނެއްކާ މައްސަލަ, ރޯދައިގެ ކުރީން ހައްލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ