އޭޑީކޭގެ ގޯތިތެރޭގައި 13 ބުރީގެ އާ އިމާރާތެއް އަޅަން ޗައިނާގެ ބަޔަކާ ހަވާލުކޮށްފި
އޭޑީކޭ ހޮސްޕިޓަލްގެ ގޯތި ތެރޭގައި 13 ބުރީގެ އާ އިމާރާތެއް އަޅަން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.މިއީ އޭޑީކޭ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކޮށް، ދިގު މުއްދަތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.އެ ހޮސްޕިޓަލުން ބުނީ މި މަޝްރޫޢުގެ ސަބަބުން ހޮސްޕިޓަލުގެ ކެޕޭސިޓީ ރަނގަޅުވެ، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.އޭޑީކޭ ހޮސްޕިޓަލަކީ މިހާރު ރާއްޖޭގައި ހިންގަމުންދާ އެންމެ ދުވަސްވީ ޕްރައިވެޓް ހޮސްޕިޓަލެެވެ. އަދި މިއީ މާލެ ސަރަހައްދުގައި ހުރި އެންމެ ބޮޑު އަދި ހިދުމަތް އެންމެ ފުޅާކޮށް ދެމުން އަންނަ ޕްރައިވެޓް ދެ ހޮސްޕިޓަލުގެ ތެރެއިން އެއް ހޮސްޕިޓަލެވެ.1987 ވަނަ އަހަރު ހިދުމަތް ދޭން ފެށި އެ ހޮސްޕިޓަލް ފުރަތަމަ ވުޖޫދުވީ ކްލިނިކެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ