މިދިޔަ ދެ ރިޔާސީ ބަޔާނުން 90 އިންސައްތަ މަސައްކަތް އޮތީ ނުކުރެވި: ގަފޫރު

މީގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ދެއްވި ދެ ރިޔާސީ ބަޔާނުގައި އިއްވެވި ކަންކަމުގެ %90 ފުރިހަމަނުކުރެވޭ ކަމަށާއި މާދަމާ ބާއްވާ ރިޔާސީ ބަޔާނުގައި އެ ކަންކަން ފުރިހަމަ ނުކުރެއްވި ސަބަބު ރައީސް ސާފުކޮށްދެއްވުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣަފޫރު ވިދާޅުވީ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގެ 90 ޕަސެންޓް މަސައްކަތް ހުރީ ނުނިމި ކަމަށާއި ނަމަވެސް، އެ އަހަރަށް ފާސްކުރި ބަޖެޓް އެއްކޮށް ބޭނުންކޮށްފައިވާ ކަމަށެވެ. "ކޮންމެވެސް ވަރަކަށް ދަރައިގެން އަހަރު ނިމުނީ ވެސް. އެހެންވީމަ ކޮބައިހޭ މި ފައިސާ. މިއީ ރައްޔިތުން ކުރަން ޖެހޭ ސުވާލެއް،" މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޣަފޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވާއިރު، މިދިޔަ އަހަރުގެ ބަޔާނުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން ނުވި ސަބަބު ރައީސް ވިދާޅުވެދެއްވަން ޖެހޭނެ އެވެ.މިދިޔަ އަހަރު ފާސްކުރި ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައި ރައީސް ރިޔާސީ ބަޔާނުގައި ސިފަކުރައްވައި އެކި ރަށްތަކުގައި12،000އަށް ވުރެ ގިނަ ފްލެޓް އަޅަން ވައުދުވި ނަމަވެސް އެ ކަން ކުރިއަށްނުދާ ކަމަށް އެމްޑީޕީން މިއަދު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ