ގޯލްޑަން ފުޓްސަލް ޗެލެންޖް: ގޮންޖެހުންތަކާ އެކު ވެސް މަތިވެރިއާ އެކު ތޯހާގެ ވިސްނުން ކުރިއަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: ގޮންޖެހުންތަކާ އެކު ވެސް މަތިވެރިއާ އެކު ތޯހާގެ ވިސްނުން ކުރިއަށް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި މިހާރު މުބާރާތް އޮތް ހިސާބާއި ކަންކަމަށް ބަލާއިރު، ގޮންޖެހުންތަކާ އެކު ވެސް އއ. މަތިވެރިއާ އެކު ރަނގަޅަށް ކުރިއަށްދެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު ތޯހާ ބުނެފި އެވެ.
މި ފަަހަރު މަތިވެރި ޓީމާ ހަވާލުވެ ތޯހާ އަންނަނީ އެ ޓީމާ އެކު، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޖުމްލަކޮށް ބަލާއިރު، ރަނގަޅު މަސައްކަތެއް ކުރަމުންނެވެ. އެ ގޮތުން، އއ. އަތޮޅުގެ ޗެމްޕިއަންކަމާއި ޒޯން ހަތަރެއްގެ ޗެމްޕިއަންކަން މަތިވެރިން ހޯދާފައިވާއިރު، އެ ޓީމުން މެޗަކުން ބަލިނުވެ އެވެ. އެންމެ ފަހުން، ކުޅުނު ޒޯން ފައިނަލުގައި، ވ. އަތޮޅު ޗެމްޕިއަން، ކެޔޮދޫން ދެ ފަހަރަށް ލީޑުނެގި މެޗުން މަތިވެރިން 5-2 އިން މޮޅުވި އެވެ.
ކެޔޮދޫ މެޗަށް ފަހު ތޯހާ ބުނީ، މިހާތަނަށް މަތިވެރި އަށް މި ފަހަރުގެ މުބާާރާތުގައި ލިބުނު ކާމިޔާބަކީ، ދޮޅު މަސް ދުވަހު ކުރި ރަނގަޅު މަސައްކަތުން ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު ކުރިން ބުނެފައި އިންނާނެ، މަތިވެރި ޓީމުގައި ތިބީ ހުނަރުވެރި އެކަމަކު އަންއެކްސްޕީރިއަންސް (ތަޖުރިބާ މަދު) ޕްލޭޔަރުންނޭ، އެކަމާ ވަރަށް އުނދަގޫވޭ މެޗު މެނޭޖްކޮށްލަން. ދެން، ކޯޗަށް އެހީތެރިވާނެ މީހެއް ވެސް އަނެއްހެން ނެތޭ. މި ދަތިތަކާ ހެދި އަސްލު ޕްރެޝަރަށް ދާން މި ޖެހެނީ، ދެން، އެ ކަހަލަ ވައްޓަފާޅިއާ، އެކަން ވެސް ބަދަލުކުރަމުން މިދަނީ، ނަގާނެ ވަގުތު،" އިތުބާރާ އެކު ތޯހާ ބުންޏެވެ.
ރާއްޖޭގެ ފުޓްސަލް ބަދަލުވަމުން އަންނަ ގޮތާއި މި ކަމަށް ޓީމުތަކާއި ކުޅުންތެރިން ބަހައްޓާ އަހައްމިއްޔަތުކަމުގެ ސަބަބުން މުބާރާތްތަކުގެ މެޗުތަކުގެ ފެންވަރު ރަނގަޅުވަމުން އަންނަކަން ތޯހާ ވަނީ ފާހަގަކޮށްފަ އެވެ. އެންމެ މުހިންމު ކަމަކީ، ދުރާލައި ކަންކަމަށް ތައްޔާރުވުމަށް ޓީމުތަކުން ދޭ އިސްކަން ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ކަމުގައި ވެސް ތޯހާ ވަނީ ބުނެފަ އެވެ.
"ގަދަ 16 އަށް އަންނާނީ ވަރުގަދަ ޓީމުތައް، ހުރިހާ ޓީމަކީ ވެސް ރެޑީވެގެން، ކޯޗުން ލައިގެން، ހަމަ، ބައިވަރު ހަރަދުތަކެއް ކޮށްފައި މި ކަމަށް، ހަމަ، މުޅި ވަގުތު ހުސްކޮށްލައިގެން އަންނަ ބައެއްވީމަ، ފަސޭހައެއް ނުވާނެ، އެއްކަލަ ބައިގަނޑެއްހެން އައުމުގެ ވައްޓަފާޅި ވަރަށް ބޮޑަށް ދަށްވެފައި މި އޮތީ، ރެޑީވެގެން، ކޯޗުން ލައިގެން، މި އަށް ޓައިމް ދީގެން، ކޮންމެވެސް އެއްޗެއް ދަސްކޮށްގެން އަންނަނީ އެހެންވީމަ ފަސޭހައެއް ނުވާނެ ދެން އެއްވެސް މެޗެއް،" ތޯހާ ބުންޏެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި ފަހަރުގެ ގަދަ 16 ބުރުގައި މަތިވެރިން ބައްދަލުކުރާނީ ލ. އަތޮޅުގެ ޗެމްޕިއަން، އިސްދޫއާ އެވެ.
ގަދަ 16 ބުރުގެ މެޗުތައް:
16:00: ރ. ދުވާފަރު - ސ. ހިތަދޫ
16:00: ބ. އޭދަފުށި - މާލެ، މައްޗަންގޯޅި
20:00: ހދ. ނައިވާދޫ - މ. ދިއްގަރު
20:00: އއ. މަތިވެރި - ލ. އިސްދޫ
21:30: ތ. ތިމަރަފުށި - ހއ. މާރަންދޫ
21:30: ގއ. ދެއްވަދޫ - ވ. ކެޔޮދޫ
22:45: ދ. ކުޑަހުވަދޫ - ށ. ކަނޑިތީމު
22:45: ކ. ގާފަރު - މާލެ، ވިލިމާލެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ