ރިޔާސީ ބަޔާން އިއްވި ވަގުތު ރައީސް މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް އިދިކޮޅު އެމްޑީޕީ މެންބަރުން ގޮވާލަމުން ދަނިކޮށް، ބައެއް މެންބަރުންގެ ނަން އިއްވައި ޖަލްސާއިން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާއިން ބޭރުކޮށްލީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދެވެ. މި ދެ މެންބަރުންގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއަށް ވެސް ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަން އިލްތިމާސްކޮށްފަ އެވެ.
މިއަދުގެ ޖަލްސާގައި އިހުތިޖާޖު ކުރުމުގެ ގޮތުން އެމްޑީޕީގެ މެންބަރުން ވަނީ ރިޔާސީ ބަޔާން އިއްވަމުން ދިޔަ ވަގުތު ކަށިގަނޑު ފުމެފަ އެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އިހުތިޖާޖުކުރާނެ ކަމަށް އިއްޔެ ވެސް
މުއިއްޒުގެ އިސްތިއުފާއަށް ގޮވަމުން ދަނިކޮށް އެމްޑީޕީގެ ބައެއް މެންބަރުން ބޭރުކޮށްލައިފި މުއިއްޒުގެ އިސްތިއުފާއަށް ގޮވަމުން ދަނިކޮށް އެމްޑީޕީގެ ބައެއް މެންބަރުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ