ދީނާއި ސިޔާސަތު ވަކިކުރަން ގޮވާލާ މީހުންނަށް ކުޑަވެސް ފަރުވާލެއް ނެތް: މުއިއްޒު ދީނާއި ސިޔާސަތު ވަކިކުރަން ގޮވާލާ މީހުންނަށް ކުޑަވެސް ފަރުވާލެއް ނެތް: މުއިއްޒު

ދިވެހި ދައުލަތުގެ އެންމެހާ ކަންކަން ބައްޓަން ކުރާނީ އިސްލާމް ދީނުގައިވާ ގޮތަށް ކަމަށާއި ދީނާއި ސިޔާސަތު ވަކިކުރަން ގޮވާލާ މީހުންގެ ގޮވާލުމަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވާ ތިންވަނަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހުގައި މުއިއްޒު ގެންދަވަނީ އިއްވަމުންނެވެ. އެ ބަޔާނުގެ އެންމެ ކުރީ ބައި މުއިއްޒު ހާއްސަކުރީ އިސްލާމީ ހިދާޔަތް ދިރުވައި އަލާކުރުމަށް މި ސަރުކާރުން ކުރި ކަންކަމުގެ ކާމިޔާބު ފާހަގަކުރުމަށެވެ،
"ދައުލަތް ހިންގުމުގެ ހުރިހާ ކަމެެއްގައި ވެސް މާތްވެގެންވާ އިސްލާމް ދީނުގައި ސާފުކޮށް ބަޔާންކުރައްވާފައިވާ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ކަންކަން ބައްޓަންކޮށް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު،" މުއިއްޒު ވިދާޅުވި އެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި އެ ދީނުގައި މުސްލިމުން އުޅެން ޖެހޭ ގޮތް ބަޔާންކޮށްފައިވާ ކަމަށް މުއިއްޒު ވިދަޅުވި އެވެ.
"މި ފަހުރުވެރި ދިވެހި ޖުމްހޫރިއްޔާގެ ރައީސުލް ދައުލާގެ ހައިސިއްޔަތުން މާތް اللهގެ ވާގިފުޅާއި މިންވަރުފުޅާއެކު އަޅުގަނޑު ތަންފީޒު ކުރާނީ މި ސިޔާސަތު. ދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރިއްޔާގެ އަހުލުވެރިން އެހެން ގޮތަކަށް މިކަން ދުށުމަކުން އަޅުގަނޑުގެ ކުޑަވެސް ފަރުވާލެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.
ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އެއީ އެމަނިކުފާނުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ