ޓެސްޓްކޮށް ފާސްވެފާ ހުރި މޭޔަރު ނޫންގޮތެއް ހޯދަންއުޅުމަކީ އެމްޑީޕީ ފަހަތަށް އަޅާފިޔަވަޅެއް

ގަލޮޅު ސިޓީ ޕާރކް 10 އަހަރުވަންދެން އޮތީ ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައެވެ. އެހެން ނަމަވެސް އަލުން ޑިޒައިން ކޮށް ވަރަށް ފުރިހަމައަށް ހަދައި، ގަލޮޅު ސިޓީ ޕާރކް ހުޅުވިގެން ހިގައްޖެއެވެ. މާލެ ސިޓީ މޭޔަރ އާދަމް އާޒިމްގެ ހިދުމަތުގެ ސިލްސިލާއަށް އިތުރުވެގެން ދިޔަ ބޮޅަކަށް ގަލޮޅު ސިޓީ ޕާރކްވެސް ވަދެގެން ދިޔައީއެވެ. 
ސިޓީ ޕާކު އަލުން ހަދައި މި އަދު މި ހުޅުވުނީ، ބެޑްމިންޓަން ކޯޓަކާއި، ތްރީއޮންތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި އެކި ޢުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ތަނަކާއިވެސް އެކުގައެވެ. ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލާނެ ޖާގައާއި، ކުޑަކުދިން ކުޅުމަށް ހާއްސަ ސަރަޙައްދެއްވެސް ގަލޮޅު ސިޓީ ޕާރކްގައި އޮވެއެވެ. ސިޓީ ޕާރކް ހުޅުވީ އެކި ކަހަލަ އިވެންޓްތައް ބާއްވާނެ ތަނަކާއެކު، ވަރަށް ގިނަ ގޮތްގޮތަށް، ބޭނުން ހިފޭނެ ގޮތަށް ޑިޒައިން ކޮށްގެންނެވެ.
މާލެ ސިޓީގެ މޭޔަރުކަމުގައި އާދަމް އާޒިމް ހޭދަކުރެއްވި ކުރު މުއްދަތުގައި ޖާގަ ލިބެން އޮތް އެންމެ މަތީ މިންވަރަކަށް، ހިތް ފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށްގެން ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނެވެ. 
މާލެ ސިޓީ މޭޔަރުކަމުގެ ފުރިހަމަ ދައުރެއް އާދަމް އާޒިމަށް ދޭންޖެހެނީ އެހެންވެއެވެ. ކުރުމުއްދަތެއް މާލެއަށް ގެންނެވި ހެޔޮބަދަލަށްޓަކާވެސް އާދަމް އާޒިމަށް ފުރިހަ ދައުރެއް ހޯދާދިނުމަކީ އެމްޑީޕީން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޓެސްޓްކުރެވި ފާސްވެފިއިވާ މޭޔަރަކު ހުއްޓާ އެގޮތް ދޫކޮށް އެހެންގޮތެއް ހޯދުމަކީ އަނެއްކާވެސް ފަހަތަށް އެޅޭ ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ