މިއުނިކް (ޖެނުއަރީ 12) - ބްރޭކަކަށް ފަހު އާ އަހަރަށް ޖަރުމަނު ލީގުގެ ކުޅުން ފެށި މެޗުން ވުލްފްސްބާގް އަތުން ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކުން 8-1 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު، ބަޔާނުން އެއް ވަނައިގައި ވަނީ 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން، ބަޔާނަށް 16 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ 16 މެޗުން 33 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އާރްބީ ލައިޕްޒިގުން 15 މެޗުން ވަނީ 29 ޕޮއިންޓް ހޯދައިފަ އެވެ.
ބަޔާނުން މެޗުގެ ފަސް ވަނަ މިނިޓްގައި ލީޑުނެގީ ވުލްފްސްބާގްގެ ކިލިއަން ފިޝާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ފިޝާ އަތުން ބައިކޮޅަށް ބޯޅަ ވަނީ ބަޔާންގެ ލުއިސް ޑިއާޒް ނެގި ބޯޅައެއް ހުއްޓުވަން އުޅުމުގެ ތެރޭގަ އެވެ. މިއީ، ވުލްފްސްބާގުން ބައިކޮޅަށް ގޯލު ޖެހި ޖެހިޖެހިގެން ތިން ވަނަ މެޗެވެ. މިއީ ޖަރުމަނު ލީގު ތާރީހުގައި ވެސް ވުލްފްސްބާގަށް އެކަނި ކުރިމަތިވި ކަމެކެވެ.
ވުލްފްސްބާގުން ވަނީ 13 ވަނަ މިނިޓްގައި ޒެނާން ޕެޔްސިނޯވިޗްގެ ލަނޑުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެކަމަކު، އޭގެ ފަހުން ބަޔާނުން ވަނީ އަސްލު ފެންވަރު ދައްކާލައި، ހަތް ގޯލު ޖަަހައިފަ އެވެ. އެ ގޮތުން، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑިއާޒް ވަނީ ބަޔާނަށް ލީޑުނަގައިދީފަ އެވެ.
ދެ ވަނަ ހާފުގައި ބަޔާންގެ އަނެއް ލަނޑުތައް ޖެހީ، ބަޔާނަށް 50 ވަނަ މެޗުގައި ކުޅެދިން މައިކަލް އޮލީސޭ ދެ ލަނޑާއި ރަފައެލް ގަރޭރޯ، ހެރީ ކޭން، ލެއޯން ގޮރެޓްޒްކާ، ކޮންމެ ކުޅުންތެރިއަކު ލަނޑެއްގެ އިތުރުން، ވުލްފްސްބާގުގެ މޮރިޓްޒް ޖެންޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އާ އަހަރަށް ބަޔާނުން ލީގު ފެށީ ބޮޑު މޮޅަކުން އާ އަހަރަށް ބަޔާނުން ލީގު ފެށީ ބޮޑު މޮޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ