މަނީ ލޯންޑާކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި 6 މީހުންގެ ތެރެއިން އެކެއްގެ ބަންދު އަނެއްކާ ވެސް އިތުރުކޮށްފި
ވޯކް ޕާމިޓާއި ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރުމާއި، ރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާދި ކަމުގެ ތުހުމަތުގައި ބަންދުކުރި ހަ މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ. ކްރިމިނަލް ކޯޓުން މިއަދު ނެރެފައިވާ ކޯޓު އަމުރުގައި ވަނީ ލައިސެންސް ނުނަގައި ވިޔަފާރިކުރުން ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ، މުޙައްމަދު އިމޮން ކަޒި މިއަދުން ފެށިގެން އިތުރު 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ. ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުގައިވާގޮތުން އޭނާ ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ ތުހުމަތުވާ ކުށް އޭނާ ކުރިކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައި ވާތީއެވެ. އެގޮތުން ފުލުހުންގެ ބަޔާނާއި އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން، ބޭންކް ސްޓޭޓްމެންޓް ހުށަހަޅާފައި ވާކަމަށް ކޯޓުން ވަނީ ބުނެފައެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުން ހާމަކޮށްފައި ވާގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ހަ މީހެކެވެ. އެ މީހުންނަކީ: މުޙައްމަދު އިމޮން ކަޒި، 32 އަހަރު އަފްޖަލް ހޮސައިން، 31 އަހަރު ޙަބީބުއްރަޙްމާން، 35 އަހަރު މުޙައްމަދު ހަނީފް ބަޕަރީ، 46 އަހަރު ކަޒި ރައިހާން، 22 އަހަރު މުޙައްމަދު ޔޫސުފް ޕޮރަދަން، 35 އަހަރު މި މީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖޭގައި މަސައްކަތްކުރަން ވޯކް ޕާމިޓް ހޯދައިދޭކަމަށް ބުނެ އޮޅުވައިލައިގެން އެހެން ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި މަނީ ލޯންޑަރިންގްގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ