ސިވިލް ކޯޓުގެ ގާޒީ ޒުބެއިރު އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ބުނީ ކީކޭ؟ - ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ،
މިދިޔާ އާދިއްތަ ދުވަހުން ފެށިގެން ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ޒުބެއިރު އިސްތިއުފާ
ދެއްވާފައިވާ ކަމަށެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ތަފްސީލް - ޒުބައިރަކީ 14 އަހަރަށް ވުރެ ދިގު
މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ އަދާ ކުރެއްވި ބައެއް ވަޒީފާތަކަކީ:
ފ. ދަރަބޫދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓު
ހދ. އަދި ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު
ކްރިމިނަލް ކޯޓުގެ ގާޒީ
ޑްރަގް ކޯޓުގެ ގާޒީ
އެނގުން މުހިންމު - ޒުބެއިރު އިސްތިއުފާ ދެއްވާފައި ވާއިރު، ސިވިލް ކޯޓަށް މިދިޔަ މާޗު މަހު ވަނީ އަލަށް ދެ ފަނޑިޔާރަކު އައްޔަންކޮށްފަ އެވެ. އެއީ:
ޒުލައިހާ ޝީޒާ (ސ. ފޭދޫ/ފިތުރޯނުގެ)
އަހުމަދު ނިމާލް (ގއ. މާމެންދޫ/ފެހިގެ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ