ވީބީ ހަސަންގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.ޝިޔާމްގެ ކެންޑިޑެސީ ބާތިލުކުރަން ހުށަހަޅާފައިވަނީ މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަލީ އާޒިމްގެ ކޮއްކޮއެއް ކަމަށްވާ ހ. ކްއީން، އިލްޔާސް އަހުމަދެވެ. އޭނާ ވަނީ ހަސަންގެ މައްޗަށް ސާބިތު ދަރަންޏެއް ސާބިތުވާ ކަމަށް ބުނެ، ހަސަންގެ ކެންޑިޑެސީ ބާތިލުކުރަން ހުށަހަޅައިފައެވެ.ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ވަނީ މަޖިލީސް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަސަންގެ ކިބައިގައި ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ބާތިލުކޮށްފައެވެ.ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވީ ރިޔާސާތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫންއެވެ."ރަހުނު ވިއްކައިގެން ދަރަނި އަދާކުރެވޭތޯ ބެލުމެއް ނެތި، ގެރެންޓަރުންގެ މައްޗަށް ހުކުމް ތަންފީޒުކުރުން ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވައިދުގެ 161 ވަނަ މާއްދާގެ ދަށުން އެ ހިނދަށް މަނާވެފައިވެފައި ވިޔަސް، އެ ހިނދުގައި ވެސް ގެރެންޓަރުންގެ މައްޗަށް ދަރަންޏެއް ސާބިތުވެ އޮތް ކަމަށް ބަލަން ޖެހޭނެ އެވެ. ނަމަވެސް، އެ ހާލަތުގައި ގެރެންޓަރުންނަކީ ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރާ ބައެއްގެ ގޮތުގައި ނުބެލެވޭނެ އެވެ،" ހުކުމްގައި ވެ އެވެ.ދެހާސް ނަވާރަ ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް ހަސަން ކުރިމަތިލުމުން ވެސް މި ދަރަނީގެ މައްސަލަ ބޮޑުވި އެވެ. އެ ދަރަނި އޮތުމުން ހަސަންގެ ކެންޑިޑެންސީ ކޮމިޝަނުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ހަސަންގެ ފޯމު ކޮމިޝަނުން ބަލައިގަންނަން ޖެހޭ ކަމާއި އޭނާގެ ޝަރުތާ މެދު ސުވާލެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ