ހިތަދޫ ޕޯޓު ތަރައްގީ ކުރުމާއި ގުޅޭ މަޝްވަރާކޮށްފި

އައްޑޫ ސިޓީގެ ހިތަދޫ ޕޯޓު ތަރައްގީ ކުރުމުގެ ފަންނީ މަސައްކަތްތަކާއި ގުޅޭ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރާއްޖޭން ބޭރުގެ ކުންފުންޏަކާއި ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފިއެވެ. 
އެ ބައްދަލުވުން ބާއްވާފައިވަނީ އިއްޔެއެވެ.
އެ މަޝްވަރާތަކުގައި އެމްޕީއެލްގެ ސީއީއޯ އަދި ހިތަދޫ ޕޯޓުގެ އެމްޑީ މުހައްމަދު ވަޖީހު ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.
"ހިތަދޫ ޕޯޓް ލިމިޓެޑު" އުފައްދާފައި ވަނީ 2009 ވަނަ އަހަރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ލޯނު އެހީގައިއެވެ. މި ޕޯޓަކީ މާލެ ފިޔަވައި ރާއްޖޭގައި އޮޕަރޭޓް ކުރާ ތިން ބަނދަރުގެ ތެރޭގައި ހިމެނޭ އެއް ބަނދަރެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އެޕޯޓު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގިފައި ނުވާކަން އެ ކުންފުނީގެ އަހަރި ތަފާސް ހިސާބުތަކުން ދައްކައެވެ.
ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ހިތަދޫ ޕޯޓު ކުރިއަށް އޮތްތާ މި ޕޯޓު އަލުން ތަރައްގީކޮށް އެ ކުންފުނީގެ ފައިދާ ލިބިގަތުމެވެ.
ޕޯޓު ތަރައްގީއާއި ބެހޭ އިތުރު މައުލޫމާތެއް އެމްޕީއެލްއިން ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ