ބިދޭސީންގެ އިނގިލީގެ ނިޝާން ނަގަން ފަށައިފި

ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ފޮޓޯ، އިނގިލީގެ ނިޝާން ނަގާ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.
"ކުރަނގި" ނަމުގައި ފެށި މި މަސައްކަތް ފަށާފައިވަނީ މިއަދު ކ. ހިންމަފުށީގައެވެ. މި ކެމްޕޭން ފައްޓަވާދެއްވާފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.
މި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އެއް އަހަރުތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ދެ އަތުގެ އިނގިލީގެ ނިޝާނާއި އެމީހުންގެ ފޮޓޯ ނެގުމަށްފަހު މިހާރު ހުރި ވޯކްޕާމިޓް ރެކޯޑުތަކާ ދިމާވޭތޯ ބެލުމަށް ކުރެވޭ މަސައްކަތެކެވެ. އެއަށް ފަހު ގަވާއިދާ ހިލާފަށް ތިބީ ކޮން ބައެއް ކަމާއި އެމީހުން ތިބީ ކޮން ތަނެއްގައި ކާކުގެ ބެލުމުގެ ދަށުގައިތޯ ނުވަތަ އެއްވެސް މީހެއްގެ ބެލުމުގެ ދަށުގައި ނޫންތޯ ބަލުމަށްވެސް ހަމަޖެހިފައިވެއެވެ.
މި މަސައްކަތް ކުރާއިރު ހުރިހާ ރަށެއްގެ ކައުންސިލާއި ފުލުހުން ގުޅިގެން އެ ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނަގައި ސިސްޓަމާއި ދިމާކުރުވާފައި މިއީ ކޮންބައެއްތޯ ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިހުސާން މީގެކުރިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ