ޅަވިޔަނި ރައީސް ނައިފަރު ގޮނޑިއަށް

ޔާސީނާ ވަރަށް ގާތުން ކޮންގްރެސްގެ ކެންޑިޑޭޓް ހައްސާން އަލިފުޅު ވާދަކުރި އެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ޔާސިރަށް ލިބުނީ ތިންވަނަ އެވެ.
ޅަވިޔަނި އަތޮޅު ކަައުންސިލްގެ ރައީސް ޔާސީން އަބްދުﷲ، ނައިފަރު ދާއިރާގެ މެންބަރު ކަމަށް އިންތިހާބު ވެއްޖެ އެވެ.
އިއްޔެ އޮތް އިންތިހާބު ގައި ނައިފަރު ދާއިރާގެ ގޮނޑިއަށް ހަތް ކެންޑިޑޭޓުން ވާދަކުރި އެވެ. ކޮންގްރެސްގެ ޓިކެޓްގައި ހައްސާން އަލިފުޅު ވާދަކުރިއިރު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރީ އަހްމަދު ޔާސިރެވެ. ޔާސިން އާއި ޔޫސުފް އަބްދުﷲ އާއި އަހްމަދު ޝާހް އާއި މުހައްމަދު ނަސީމް (ނަފާ ނަސީމް) އާއި އަބްދުﷲ ނާހީ ވާދަކުރީ އަމިއްލަ ގޮތުންނެވެ.އެންމެ ގިނަ ވޯޓާ އެކު ގޮނޑި ކަށަވަރު ކުރެއްވީ ޔާސީން އެވެ. ޔާސީން، އަމިއްލަ ގޮތުން ކުރިމަތިލީ ނަމަވެސް އޭނާ އަކީ ޕީޕީއެމް މެންބަރެކެވެ. ޅަވިޔަނި ރައީސް ކަމަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓް ގައެވެ.މިއީ އަމިއްލަ ގޮތުން ކެންޑިޑޭޓަކު ނިކުމެ ނައިފަރު ގޮނޑި ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. ޔާސީނާ ވަރަށް ގާތުން ކޮންގްރެސްގެ ކެންޑިޑޭޓް ހައްސާން އަލިފުޅު ވާދަކުރި އެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ޔާސިރަށް ލިބުނީ ތިންވަނަ އެވެ.ތަފާތު ކެމްޕެއިނެއް ހިންގި ޔޫސުފަށް ލިބުނީ ހަތަރުވަނަ އެވެ. އިގްތިސާދީ ޕްރަގްރާމްތައް ހުށައެޅުމުން ވަރަށް ފާހަގަކޮށްލެވުނު ނަފާ ނަސީމަށް ލިބުނީ 32 ވޯޓާ އެކު ލަދުވެތި ނަތީޖާ އެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ