މުލަކު އަންހެނުންގެ ކޮމެޓީގެ ގޮނޑި ޕީއެންސީއަށް

މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރަކު ހޮވުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަން ސަރުކާރު ހިންގާ މައި ޕާޓީ، ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ކެންޑިޑޭޓް ޒައީމާ އަބްދުއް ރަޝީދު ކާމިޔާބު ކުރައްވައިފިއެވެ.
އިއްޔެ ހެނދުނު 8:00 އިން ހަވީރު 5:00 ޖެހުމާއި ހަމައަށް ކުރިއަށްގެންދިޔަ މި ބައި އިލެކްޝަންގައި ޖުމްލަ 490 މީހަކު ވޯޓު ލާފައި ވެއެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 1،322 މީހަކަށެވެ.
މި ބައި އިލެކްޝަންގައި ޖުމްލަ ދެ ކެންޑިޑޭޓަކު ވާދަކުރެއްވިއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި މަރްޔަމް ހަސަން އަށް ލިބިވަޑައިގަތީ 229 ވޯޓެވެ. އަދި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޒައީމާއަށް ލިބިވަޑައިގަތީ 243 ވޯޓެވެ.
މި ބައި އިލެކްޝަންގެ އިތުރުން އިއްޔެ ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމާއި ހުސްވެފައިވާ ތިން ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުން އޮތެވެ. މިގޮތުން މި ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީން ދެ ގޮނޑި ކާމިޔާބު ކުރި އިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވެސް ދެ ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ