ވިޔަފާރި ރެޖިސްޓްރޭޝަން މަރުހަލާ އަވަސްކުރަން ޕޯޓަލްއެއް

ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ މަރުހަލާ އަވަސްކޮށް، ރަނގަޅު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.މިއީ ޑާޓާ ހިއްސާކޮށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި މިިނިސްޓްރީން މިފަދަ އެއްބަސްވުމެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.މި އެއްބަސްވުން ބިނާވެފައިވަނީ ކަސްޓަމަރުންގެ ތަޖުރިބާ ބަދަލުކޮށްދޭނެ ވިޔަފާރި ޕޯޓަލެއް ކަމަށްވާ ބޮލި އޭޕީއައިއަށެވެ. މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ފެށުމަށް ބޭނުންވާ ޑޮކިއުމަންޓުތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. މި ޕޯޓަލްގެ ސަބަބުން ރަޖިސްޓްރޭޝަން އަވަސްވުމާއި، ކަސްޓަމަރުންނަށް ދޭ ޚިދުމަތް ރަނގަޅުވުމާއި މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުވުން ފަދަ އެތައް ފައިދާއެއް ލިބިގެންދާނެ އެވެ.މި ޕޯޓަލާ ގުޅިގެން ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، މި ޕޯޓަލް ފަރުމާކޮށްފައިވަނީ ވިޔަފާރިތަކުން ރަޖިސްޓްރޭޝަން ޑޭޓާއާއި އައިޑެންޓިޓީ ޔަގީންކުރުމަށް ހޭދަކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރުމުގެ މަގުސަދުގައި ކަމަށެވެ."މިސާލަކަށް މާލީ އިދާރާތަކުން ދުވާލަކު އެތައް ހާސް ވެރިފިކޭޝަންތަކެއް ކުރިއަށް ގެންދަނީ. އަޅުގަނޑުމެންގެ އެޕީއައިއިން ޑޭޓާ ވެރިފިކޭޝަން އަވަސްކޮށްދިނުމުގެ އިތުރުން ހިދުމަތްދޭ ފަރާތްތަކަށް ވިޔަފާރިތައް އޮތެންޓިކޭޓް ކުރުމަށް އެހީތެރިވެދޭނެ," އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ