ކަރަންޓް ބިލާ ގުޅިގެން ސްޓެލްކޯއަށް 6،000 ޝަކުވާ

ކަރަންޓު ބިލްތަކާ ގުޅިގެން ސްޓެލްކޯ އަށް މިހާތަނަށް 6،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓް ބިލްގެ މައްސަލަގައި މިހާތަނަށް 6794 ޝަކުވާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 6135 ޝަކުވާއަކީ ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް ލިބުނު ޝަކުވާތައް ކަމަށްވާއިރު، ޝަކުވާގެ 659 ފޯނުކޯލު ލިބިފައިވާކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. މި ހުރިހާ ކޯލަކަށް ޖަވާބު ދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކަރަންޓް ބިލްތަކާ ގުޅޭ ޝަކުވާތައް ހުށަހަޅަން ހާއްސަކޮށްފައިވާ ހޮޓްލައިން ނަމްބަރު 7788438 މެދުވެރިކޮށް ވަޓްއެސްއެޕާއި ޓެލެގްރާގްމްގެ އިތުރުން މެއިލް މެދުވެރިކޮށް ވެސް ފޮނުވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
މި ފަހުން ސްޓެލްކޯގެ ކަރަންޓް ބިލް މާ ބޮޑުވާތީ އެކަމުގެ ޝަކުވާތައް ވަރަށް ގިނަ އެވެ. އެގޮތުން އެންމެ ފަހުން ލިބުނު ބިލް ވެސް ބޮޑުވެގެން ވަރަށް ގިނަ ކަސްޓަމަރުން ދަނީ އެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުންނެވެ.
ކަރަންޓް ބިލް ކުޑަކުރުމަށްޓައި ކަރަންޓް އިގުތިސާދު ކުރަން ސްޓެލްކޯ އިން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ