ދިވެހިން ރާއްޖެއިން ބޭރުގައި ކުރާހޭދައާ ގުޅޭ ސާވޭގެ މަސައްކަތް ފަށައިފި

އެމްއެމްއޭއިން ބުނީ މި ސާވޭއަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރިއަށްގެންދާ ސާވޭއެއް ކަމަށެވެ.
ސާވޭ ކުރިއަށްދާ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން އެއާޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވަމުންދާނެއެވެ. އެ އޮތޯރިޓީން ވަނީ ރާއްޖެއިން ބޭރުން ދަތުރު ނިންމާފައި އަންނަ ދިވެހިން މި ސާވޭއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ