އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު އަލީ އަޝްރަފް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި އަޝްރަފް އިސްތިއުފާ ދެއްވެވީ އަމިއްލަ ސަބަބުތަކަކާ ގުޅިގެން ކަމަށެވެ.
އޭސީސީގެ މެންބަރުކަމަށް އަޝްރަފް އައްޔަން ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އަލީ އަޝްރަފް އޭސީސީގެ މެންބަރުންގެ އިސްތިއުފާ ދެއްވާފައި މިވަނީ، އެ ކޮމިޝަންގެ މަސައްކަތް ލަސް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުން ނިންމައިގެން އެތަނުގެ ޕާފޯމަންސް އޮޑިޓެއް ކޮށް އޭނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ގުޅޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
އޭސީސީގެ މެމްބަރު އަޝްރަފް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ