ރާއްޖޭގެ ކަނޑޫފާތަކުގައި ހެދޭ ބަރު ގަހުގެ އޮށްތަކެއް ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އިން ބުނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފޮނުވުމަށް ބަރު ގަހުގެ އޮށް ނެގީ ހދ. ކުޅުދުއްފުއްޓާއި ނ. ކެނދިކުޅުދޫ ކުޅީގައި ހެދޭ ބަރު ގަހުން ކަމަށެވެ.
ތަފްސީލް - އެމްއެސްއާރުއޯ އިން ބުނީ މިއީ ގްލޯބަލް ސްޕޭސް އެގްރިކަލްޗާ ރިސާޗަށް ރާއްޖޭގެ މުހިއްމު ހިއްސާއެއް ކަމަށެވެ. ރާއްޖޭގެ ކަނޑޫފާތަކުން ނެގި އޮށްތަކާ އެކު ނާސާގެ ޖައްވީ އުޅަނދު އިއްޔެ ވަނީ ޖައްވަށް ފުރައިފަ އެވެ.
ރާއްޖެ ހިމެނޭހެން 11 ގައުމެއްގައި ހެދޭ ގަސްތަކުގެ އޮށް މި މިޝަންގައި ޖައްވަށް ވަނީ ފޮނުވަައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ
އާޖެންޓީނާ
ބްރެޒިލް
އެމެރިކާ
ކޮސްޓަރިކާ
ގުއަޓަމާލާ
އިންޑިއާ
ނައިޖީރިއާ
ޕާކިސްތާން
އަރުމޭނިއާ
އިޖިޕްޓު
މި މިޝަންގެ ދަށުން ހާއްސަ ހާލަތްތަކުގައި މި އޮށްތަކަށް އަންނަ ބަދަލުތައް ދިރާސާކުރާނެ އެވެ. އެގޮތުން މައިކްރޯ ގްރެވިޓީގެ ހާލަތުގައި ޖީން އެކްޓިވޭޝަން އަދި މެޓަބޮލިކް ޕާތުވޭ ފަދަ ކަންތައްތައް ބަލާނެ އެވެ.
ޖައްވަށް ފޮނުވާލި އޮށްތައް އަލުން ދުނިޔެއަށް ގެނެސް އެ ތަކެއްޗަށް އައިސްފައިވާ ބަދަލުތައް ދިރާސާ ކުރާނެ އެވެ.
މި ދިރާސާއަކީ ގަސްގަހާގެހީގެ ވިލުންވެރިކަން އިތުރުކޮށް، ދިގު މުއްދަތުގެ ސްޕޭސް މިޝަންތަކަށާއި ބިމުގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ގަސްކާނާ ރައްކާކުރުމުގެ ޓެކްނިކްތައް ކުރިއެރުވުމަށް މުހިންމު ދިރާސާއެއް ކަމަށް އެމްއެސްއާރުއޯ އިން ބުންޏެވެ.
އެމްއެސްއާރުއޯގެ ރައީސް މާދިން މަސީހު ވިދާޅުވީ ރާއްޖޭގެ ކަނޑޫފާތަކުގައި ހެދޭ ގަހެއްގެ އޮށް ފުރަތަމަ ފަހަރަށް ޖައްވަށް ދަތުރުކުރުމަކީ ލިބޭ ފަހުރެއް ކަމަށެވެ. ހާއްސަކޮށް ޖައްވަށް ކުރާ މިފަދަ ތާރީހީ ދަތުރުތަކުގައި ރާއްޖޭގެ އަޑާއި އުއްމީދު ހިމެނުމަކީ ރާއްޖެ އަށް ލިބޭ ފަހުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑޫފާތަކުގައި ހެދޭ ބަރު ގަހުގެ އޮށްތަކެއް ފުރަތަމަ ފަހަރަށް ޖައްވަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ