މުލީކޮޅު ރާޅުގަނޑު 2025 ގެ އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އައްމަޑޭ) ހޯދިއިރު، ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ސައްޔިދު ސަލާހުއްދީން ހޯދައިފި އެވެ.
މި ފަހަރުގެ މުބާރާތުގެ އިއްޔެ ކުރިއަށްދިޔައީ ދެ ޑިވިޝަނުގެ ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލް ހީޓުތަކެވެ.
އޯޕަން ކެޓަގަރީގެ ފައިނަލުގައި އައްމަޑޭ ވާދަކުރީ އިސްމާއިލް ރަޝީދު (ސްމައިލީ)އާ އެވެ.
ފައިނަލް ހީޓު އައްމަޑޭ ކާމިޔާބުކުރީ 0.74 ޕޮއިންޓް އިތުރަށް ސްކޯކޮށްގެންނެވެ. މި ހީޓުގައި އައްމަޑޭ ޖުމްލަ 12.07 ސްކޯކުރި އެވެ. މި ހީޓުގައި ސްމައިލީ އަށް ސްކޯކުރެވުނީ 11.33 އެވެ.
ފައިނަލް ހީޓުގައި އައްމަޑޭ ޖުމްލަ ހަ ރާޅުގައި ދުއްވިއިރު، އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރީ ފުރަތަމަ ރާޅު އަދި ހަތަރުވަނަ ރާޅުގަ އެވެ. ފުރަތަމަ ރާޅުގައި އައްމަޑޭ ވަނީ 6.67 ސްކޯކޮށްފަ އެވެ. އަދި ހަތަރުވަނަ ރާޅުގައި 5.40 ސްކޯކުރި އެވެ.
ފައިނަލް ހީޓުގައި ސްމައިލީ ދުއްވީ ހަތަރު ރާޅުގަ އެވެ. އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރީ ފުރަތަމަ ރާޅުގަ އަދި ހަތަރު ވަނަ ރާޅުގަ އެވެ. ފުރަތަމަ ރާޅުގައި 5.33 ސްކޯކުރިއިރު، ފަހު ރާޅުގައި ސްމައިލީ ވަނީ 6.00 ސްކޯކޮށްފަ އެވެ.
މި މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ސައްޔިދު ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީއާ ވަދަކޮށެވެ.
ފައިނަލް ހީޓުގައި ސައްޔިދު ޖުމްލަ 18.00 ސްކޯކުރިއިރު، ކަޔާން ވަނީ 12.83 ސްކޯކޮށްފަ އެވެ.
ފައިނަލުގައި ސައްޔިދު ހަތަރު ރާޅުގައި ދުއްވިއިރު، އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރީ ފުރަތަމަ ރާޅު އަދި ހަތަރުވަނަ ރާޅުގަ އެވެ. ފުރަތަމަ ރާޅުގައި ސައްޔިދު ވަނީ 9.67 ސްކޯކޮށްފަ އެވެ. އަދި ހަތަރުވަނަ ރާޅުގައި 8.33 ސްކޯކުރި އެވެ.
ފައިނަލް ހީޓުގައި ކަޔާން ދުއްވީ ތިން ރާޅުގަ އެވެ. އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރި ފުރަތަމަ ރާޅުގައި 4.33 ސްކޯކުރިއިރު، ތިންވަނަ ރާޅުގައި 8.50 ވަނީ ސްކޯކޮށްފަ އެވެ.
މުލީކޮޅުގެ ޗެމްޕިއަންކަން އައްމަޑޭ އާއި ސައްޔިދު އަށް މުލީކޮޅުގެ ޗެމްޕިއަންކަން އައްމަޑޭ އާއި ސައްޔިދު އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ