ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތުގެ ތެރެއިން މި މަހު ރ އަތޮޅަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފެށުމަށްޓަކައި މާދަމާއިން ފެށިގެން ހަފްތާއަކަށް ހިލޭ ދަތުރު ކުރެވެނޭ ކަމަށް ތްރާންސްޕޯތް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، ރ އަތޮޅަށް އާރްތީއެލް ހިދުމަތް ފަށަން ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށާއި މާދަމާ އިން ފެށީގެން ދަތުރުތައް ފަށެނެ ކަމަށެވެ. އެ ގޮތުން މާދަމާއިން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް އާރްޓީއެލް ފެރީން ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި އަންނަ މަހު 3 ވަނަ ދުވަހުން ފެށިގެން ފެރީގެ ހިދުމަތް ފޯރުކޮށް ދޭނީ ޓިކެޓް ދޫކޮށްގެން ކަމަށާއި ޓިކެޓް އާރްތީއެލްގެ ވެބްސައިޓުން އަދި އާރްޓީއެލްގެ އެޕްލިކޭޝަން މެދުވެރިކޮށް ނެގޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މަހު އާރްޓީއެލް ހިދުމަތް ރ އަތޮޅުގައި ފަށާ އިރު އަންނަ މަހު މި ހިދުމަތް ބ އަތޮޅުގައި ފަށަން އަންނަނީ ތައްޔާރު ވަމުންނެވެ.
ފަސޭހައިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ގައުމީ ފެރީ ނިޒާމެއް ގާއިމުކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަށް ފެރީ ނިޒާމުން ވަނީ ގުޅާލާފައެވެ. އަދި ޅ. އަތޮޅާއި ހުވަދު އަތޮޅުގެ އިތުރުން އައްޑު އަތޮޅުގައި ވެސް މި ހިދުމަތް ވަނީ ފަށާފައެވެ.
އާރްޓީއެލް ފެރީ ހިދުމަތްދޭ އަތޮޅުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީން އެފްޖޭއެސް ކޮންސަލްޓިން އާ ހަވާލުކޮށްގެން ހެދި ދިރާސާ އިން ބުނާ ގޮތުގައި ސާވޭގައި ބައިވެރިވި، 86 ޕަސެންޓް މީހުން ގަބޫލު ކުރާ ގޮތުގައި އާރްޓީއެލްގެ ސަބަބުން ގޭބިސީގެ ދަތުރުފަތުރުގެ ހަރަދު ވަނީ ކުޑަވެފައެވެ. ދަތުރުފަތުރުގެ ހަރަދު ކުޑަވެ، އޭގެ ސަބަބުން ލިބޭ ސޭވިންގެ ސަބަބުން އިގްތިސޯދީ ހާލަތާއި އާއިލާތަކާއި ގޭބިސީތަކުގެ މާލީ ތަނަވަސް ކަން އިތުރުވެގެން ދެއެވެ.
އާރްޓީއެލް ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތަކަކީ އެމްޓީސީސީން ކުރިން ބޭނުންކުރަމުން އައި ފެރީތަކުގެ ސްޕީޑަށްވުރެ 3 ގުނަ އަވަސް ފެރީތަކެކެވެ.
ރ އަތޮޅުގައި އާރްޓީއެލް ފެރީ ހިދުމަތް މާދަމާ ފަށަނީ، ޖުލައި 2 އާ ހަމައަށް ފެރީ ދަތުރު ހިލޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ