ރައީސް ޑރ، މުހައްމަދު މުއިއްޒު ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގެ ޓުއަސް ޕޯޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޓުއަސް ޕޯޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ގުރޫޕް ހެޑް އޮފް ބިޒްނަސް ޑިވެލްޕްމެންޓް، އޮންގް ސޯ ލިއޮން އަދި ޕީއެސްއޭ އިންޓަނޭސަނަލްގެ ނައިބު ރައީސް (ކޮންޓައިނާ ޑިވިޒަން) ވިލިއަމް ގޯ އެވެ.
ޓުއަސް ޕޯޓުން ރައީސްއާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވަނީ އެތަނުގައި ތަރައްގީއަށް ކުރެވިފައި ހުރި ކަންކަމާއި މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރައްވައިފަ އެވެ. އެއަށްފަހު ޕޯޓު ބައްލަވާލައްވައި، ޕޯޓު ކޮންޓުރޯލް ސެންޓަރުގައި އޮޓޮމެޓިކް ކާގޯގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދެހާސް ސާޅީން ވަނަ އަހަރު ޓުއާސް ޕޯޓުގެ މަސައްކަތް ނިމުމާއެކު ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޭޓެޑް ބަނދަރަށް އެތަން ވެގެންދާނެއެވެ. އެ ބަނދަރަކީ މުދާ އުފުލުމަށް ޑިޖިޓަލް ސޮލިއުޝަންތައް ބޭނުންކުރުމަށް މަސައްކަތްކުރާ ބަނދަރެކެވެ.
ސިންގަޕޫރުގެ ޓުއަސް ޕޯޓަށް ރައީސް ޒިޔާރަތްކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ