ހުޅުމާލޭ ފުލެޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ޗައިނާ ފުލެޓެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހި، އަޒީޒާ މިސްކިތް ކައިރީގައި ހުރި 94 ނަންބަރު ފުލެޓުގެ ތިންވަނަ ބުރީގައެވެ. ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި މި ވަގުތު ހުރި މީހަކު 'ސަން'އަށް މައުލުމާތު ދިން ގޮތުގައި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ. ސިފައިން ވެސް ވަނީ އަލިފާންގަނޑު ކޮންޓްރޯލްކުރި ކަމަށް ބުނެފައެވެ. އެނގިފައިވާ ގޮތުގައި އެ އެޕާޓްމަންޓުގައި ދިރިއުޅެނީ ބިދޭސީންތަކެކެވެ. އަދި، ހާދިސާ ހިނގި އެޕާޓްމަންޓަށް ވަނީ ވަރަށް ބޮޑެތި ގެއްލުންވެފައެވެ. https://x.com/MNDF_Official/status/1944277219578458525 ސިފައިން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި ހާދިސާ ހިނގި އެޕާޓްމަންޓްގެ ކޮޓަރިއަށް ވަނީ ބޭނުންނުކުރެވޭ ވަރުގެ ގެއްލުންތައް ވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. އަލިފާނުގެ ހާދިސާތައްދ ދޭތެރެއަކުން ހިނގައެވެ. އެ ފަދަ ހާދިސާތަކުގައި މީގެ ކުރިން އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ