ކިޔެވުމަށާއި ކުޅިވަރަށް މޮޅު ދަރިވަރުންނަށް ވިލާ ހައި ސްކޫލުން ސްކޮލާޝިޕް ދެނީ ކިޔެވުމަށާއި ކުޅިވަރަށް މޮޅު ދަރިވަރުންނަށް ވިލާ ހައި ސްކޫލުން ސްކޮލާޝިޕް ދެނީ

ކިޔެވުމަށާއި ކުޅިވަރަށް މޮޅު ދަރިވަރުންނަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ސްކޮލާޝިޕް ފުރުސަތަށް އެދުމާއި މި އަހަރު އެ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ވެސް މިއަދު ހުޅުވާލައިފި އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ބުނީ ސްކޮލާޝިޕް ފުރުސަތު ހުޅުވާލީ އެކެޑެމިކް ކެޓަރީ އަދި ސްޕޯޓްސް އަދި ކޯ-ކަރިކިއުލާ ކެޓަގަރީން ކަމަށެވެ. މިގޮތުން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްކޮލާޝިޕް ދޭނެ ކަމަށް ސްކޫލުން ބުންޏެވެ.
"އެކެޑެމިކް ކެޓަގަރީގެ ދަށުން ފޯމް ހުށަހެޅުމުގެ މުއްދަތުގައި ސްކޮލާޝިޕަށް އެދޭ ހުރިހާ ދަރިވަރުންނަށް ފުރުސަތު ލިބޭއިރު، ސްޕޯޓްސް އަދި ކޯ-ކަރިކިއުލާ ކެޓަގަރީގެ ދަށުން ސްކޮލާޝިޕް ދެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނޭ އިންޓަ-ސްކޫލް ނުވަތަ ނެޝަނަލް ލެވެލްގެ މުބާރާތްތަކުން އެއްވަނަ ނުވަތަ ދެވަނަ ހޯދާފައިވާ ދަރިވަރުންނަށް،" އެ ސްކޫލުން ބުންޏެވެ.
ކިޔަވައިދޭ މާއްދާތަކާއި ހުރި ޖާގައިގެ މައުލޫމާތު ސްކޫލުގެ ވެބްސައިޓުން ލިބޭއިރު، ކިޔަވަން ބޭނުންވާ މާއްދާތަކަށް ފުރުސަތު ލިބޭނީ ދަރިވަރުން ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މި އަހަރަށް އަލަށް ތައާރަފްކުރާ ޕްރޮގްރާމުތަކުގެ ތެރޭގައި ޕިއާސަންސް ޑިޕްލޮމާ އިން އިންޖިނިއަރިން ހިމެނެ އެވެ.
މީގެއިތުރުން ގްރޭޑް 12 ގައި ކިޔަވާ ދަރިވަރުންނަށް އޭ ލެވެލް ކިޔެވުމާއެކު އެމްކިއުއޭ ލެވެލް 4 ގެ ކޯސްތަކެއް ފުރިހަމަ ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ